މަސައްކަތް
ނަންބަރު: (IUL)338-AHR/338/2024/81
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 16:03
ސުންގަޑި: 25 ޑިސެންބަރު 2024 13:30
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ގުރައިދޫގައި ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތް

އިޢުލާން

            

                    ކ.ގުރައިދޫގައި ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަމަބްރ (IUL)338-AHR/338/2024/80 (15 ޑިސެމްބަރ 2024) އިޢުލާނާއި ގުޅިގެން މައުލޫމާތުތަކަށް ބައެއް ބަދަލުތައް އައިސްފައިވާތީ އިޢުލާން ބާތިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

                   ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 24 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލުގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާނީ 150.00 ރުފިޔާގެ ފީއެއް ދައްކާ ފަރާތްތަކަށެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ވިޔަފާރީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

މި އިދާރާގެ ނަމަބްރ (IUL)338-AHR/338/2024/80 (15 ޑިސެމްބަރ 2024) އިޢުލާނާއި ގުޅިގެން ރަޖިސްޓްރީކުރުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުން އިތުރަށް ފައިސާ ދައްކާކަށް ނުޖެހޭނެއެވެ.                  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 25 ޑިސެމްބަރ 2024 ވާ ބުދަ ދުވަހުގެ 13:30 ގައި ކ.ގުރައިދޫ ކައުންސިލްގެ އިދާރާގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

                  އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 24 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640072 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

16 ޑިސެމްބަރ 2

16 ޑިސެންބަރު 2024