ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)AEH/1/2024/54
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 22 ޑިސެންބަރު 2024 13:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - އެޓެންޑެންޓް (މަރަދޫ ސިއްޙީމަރުކަޒު)

މަޤާމު

އެޓެންޑެންޓް

މަޤާމުގެ ނަންބަރު:

J-404010

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސ. މަރަދޫ ޞިއްޙީ މަރްކަޒު

މުސާރަ:

3470.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

އިތުރު އިނާޔަތްތައް

  1. ސަޕޯޓިންގ ކޯ އެލަވަންސް  ގެ ގޮތުގައި މަހަކު 1200.00 ރުފިޔާ
  2. ހެލްތު އެލެވެންސްގެ ގޮތުގައި މަހަކު 1215.00  ރުފިޔާ
  3. މިނިމަމް ވޭޖް ގޮތުގައި މަހަކު 613.00 ރުފިޔާ 
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  5. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  6. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1.  ވޯޑްތަކުގައި އެޑްމިޓްކޮށްފައިތިބޭ ބަލިމީހުންގެ ޔޫރިން ބޭގްތައް ނަރުހުންގެ ލަފާއާއެކު ހުސްކޮށް ، ވޯޑްތަކުގައި ބޭނުންކުރާ ބެޑްޕޭން ޔޫރިނަރ، ކިޑްނީ ޓްރޭފަދަތަކެތި ކޮންމެދުވަހަކުވެސް ކަޑައެޅިފައިވާ ގޮތަށް ދޮވެސާފުކޮށް ޑިސްއިންފެކްޓްކޮށް ބެލެހެއްޓުން
  2. މަރުކަޒަށް ގެންނަ އިމަރޖެންސީ ކޭސްތަކަށް  ޕޭޝެންޓް ޓްރޯލީތައްޔާރުކޮށް ބެހެއްޓުމާއިއެކު ބަލިމީހަކު ގެނައުމާއި އެކު އަވަހަށް އިމަރޖޭންސީރޫމަށް ވެއްދޭގޮތަށް އިންތިޒާމުކުރުން، އަދި އެފަދަ ޙާލަތްތަކަށް ތައްޔާރުވެތިބުން
  3. ވޯޑްތަކާއި ލޭބަރރޫމް އަދި އައިސީޔޫފަދަ ތަންތާގައި ބޭނުންކުރާ ނުރައްކާތެރިކުނި ، ކުނިނައްތާލުމަށް ކަޑައެޅިފައިވާ ޤަވާޢިދާއި އެއްގޮތަށް ނައްތާލުން
  4. މަރުކަޒުގައި އެޑްމިޓްކޮށްފައިތިބޭ ބަލިމީހުންނަށް ބޭނުންވާ ބާލީސް އެދުފޮތި ރަބަރުފޮތި ގޮޑި ބެޑްސައިޑްލޮކަރފަދަ އެންމެހާތަކެތި ހޯދާދިނުން
  5. ވޯޑްތަކުގައި އެޑްމިޓްކޮށްފައިތިބޭ ބަލިމީހުން ޑިސްޗާޖްކުރުމުން ލަސްނުކޮށް އެނދުފޮތި ބާލީހުއުރަ ބަދަލުކޮށް ބެޑްސައިޑް ލޮކަރއާއި ތަން ސާފުކޮށް ޑިސްއިންފެކްޓްކުރުން، ވޯޑްތަކުގައި ބަލިމީހުން ތިބޭ އެނދު ކޮންމެދުވަހަކު އެއްފަހަރު ބެޑްޝީޓް ބާލީހުއުރަ ބަދަލުކުރުން، މީގެ އިތުރުން ބަލިމީހާގެ ޙާލަތުހުރިގޮތުން އިތުރަށް ބަދަލުކޮށްދޭން ޖެހިއްޖެނަމަ ލަސްނުކޮށް ބަދަލުކޮށް ދިނުން. ބެޑްޝީޓް ބަދަލުކުރާއިރު ބަލިމީހާޔަށް އުދަގޫނުވާގޮތަށް ބަދަލުކުރުން، ޙާލުދެރަބަލިމީހުންގެ އެނދުފޮތި ބަދަލުކުރާއިރު ނަރުހުންގެ ލަފާގެމަތިން ބަދަލުކުރުން.
  6. ބަލިމީހުން ކަންކަމާމެދު ނުރުހިގެން ވާހަކަދެއްކި ނަމަވެސް އަދަބުވެރިކަމާއެކު އެފަރާތްތަކާ މުޚާޠަބް ކުރުން، ބަލިމީހުންގެ ފަރާތުން ފެންނަ ކަންތައްތަކުގެ ވާހަކަ ދައްކާހެދުމަކީ މަނާކަމެއްކަން ދަނެ އެއްވެސް ފަރާތަކާއެކު އެފަދަ ވާހަކަނުދެއްކުން.
  7. މުވައްޒަފުން އިންޓަވަލްކުރާ ގަޑިތަކުގައި ސައިކޮޓަރީގައި ބޭނުންކުރާ ފެން ހޫނުކޮށްދިނުމާއި އަދި މުވައްޒަފުން ބޭނުންވާ ކަންތައްތަކުގައި އެހީތެރިވެދިނުން، ސައިކޮޓަރީގައި ބޭނުންކުރާ އެންމެހާ ތަށި ސަމުސާ އޫފަދަ ތަކެތި އަދި އައިސްއަލަމާރި/ފްރިޖް ސާފުތާހިރުކޮށް ކޮންމެދުވަހަކު ހެދުނާ ހަވީރު ދޮވެ ސާފުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން، އަދި ތަނުގައި ހުންނަ އުކާލަންޖެހޭ ތަކެތި ކޮންމެދުވަހަކު އުކާލާ ތަންސާފުކުރުން.
  8. މަރުކަޒަށް އަންނަ ބަލިމީހުންނަށް ބޭނުންވެއްޖެހިދެއްގައި ބޯފެން ފޯރުކޮށްދިނުން، އޯޕީޑީއޭރިއާ ކޮންސަލްޓޭޝަން ރޫމް ވޯޑް، ޓްރީޓްމަންޓްރޫމް، ފާޚާނާތަކާއި އެތަންތާގައި ބޭނުންކުރާ އެންމެހާ ތަކެތި ނަރުހުންގެ ލަފާއާއެކު ދޮވެ ސާފުކޮށް މޮޕްކޮށް ޑިސްއިންފެކްޓްކޮށް ސާފުތާހިރުކަންމަތީ ބެލެހެއްޓުން. ބަލިމީހެއްގެ ޙާލަތުހުރިގޮތަކުން މަރުކަޒުގެ އެއްވެސް ތަނެއް ހަޑިވެއްޖެނަމަ އެއްވެސް އިންކާރުކުރުމެއްނެތި ވީއެންމެ އަވަހަކަށް އެތަނެއް ސާފުކޮށް ޑިސް އިންފެކްޓްކުރުން، އަދި މިފަދަ ކަމެއްދިމާވެދާނެކަމަށް އަބަދުވެސް ފަސޭހައިން ފެންނަހިސާބުގައި ތިބުން. ވޯޑްތަކުގައި ތިބޭ ބަލިމީހުންނަށް އަބަދުވެސް އެހީތެރިކަން ބޭނުންވާނެކަން ދަނެގެން ޑިއުޓީގައި ތިބޭއިރު ނަރުހުންނާއި ބަލިމީހުނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ތައްޔާރުވެ ފެންނަ ހިސާބުގައި ތިބުން.
  9. ނަރުހުންގެ ލަފާއާއިއެކު ހުސްވެފައިވާ އޮކްސިޖަން ސިލިންޑަރތައް ވޯޑްތަކުންނާއި ތަންތަނުން ބޭރުކޮށް ހުސްނުވާ ސިލިންޑަރތައް އެތަންތާގައި ބެހެއްޓުން، ސިލިންޑަރތައް އުފުލުމާއި ބެހެއްޓުމުގައި ކަޑައެޅިފައިވާ ޤަވާއިދަށް ޢަމަލުކުރުން. ވޯޑް ކޮންސަލްޓޭޝަންރޫމް، ޓްރީޓްމެންޓްފަދަ ތަންތާގައި ބޭނުންކުރަންޖެހޭ ބެޑްޝީޓްތައް ބަދަލުކުރަންޖެހުމުގެކުރިން ރަގަޅަށް ޗެކްކޮށް ބެލުން. ޚިދުމަތްދިނުމުގައި ބޭނުންކުރާ މެޝިނަރީއާއި އިކްވިޕްމަންޓްސް ނަރުހުންގެ އިރުޝާދާއި އެކު ސާފުކޮށް ބެހެއްޓުން. މަރުކަޒުގެ ޓްރީޓްމަންޓް ރޫމުން އަދި ފަރުވާދިނުމުގައި ބޭނުންކުރެވޭ ނައްތާލަންޖުހޭ ތަކެތި ނަރުންގެލަފަޔާއި އިރުޝާދުގެ މަތިން ރައްކާތެރިކަމާއިއެކު ނައްތާލުން.
  10. ޞިއްޙީ މަރުކަޒުގައި ގައި ބޭނުންކުރާ ބެޑުޝީޓާއި ބާލީހުއުރަ އަދި ގައުން ފަދަ ތަކެތި ދޮވެ އިސްތިރިކުރުން. ދޮންނަންޖެހޭ ތަކެތި، މަރުކަޒުން ދެވޭހިދުމަތަށް ބުރޫނާރާނެގޮތަށް ދޮވެ އިސްތިރިކޮށް ނިންމާފައި ކަބަޑުގައި ބެހެއްޓުން. ހަލާކުވާބެޑްޝީޓާއި ބާލީސްއުރައިގެ ތަފްސީލު ކަމާއި ގުޅޭ ފަރާތްތަކަށް އެންގުން. ކުރިއަށް އޮންނަ ޑިއުޓީއަށް ދަތިނުވާގޮތަށް ދޮންނަ ސާމާނު ހޯދާފައި ބެހެއްޓުން. ލޯންޑްރީގައި ބޭނުންކުރާ ދޮންނަމެޝިން ރަނގަޅަށް ސާފުތާހިރުކޮށް ބެލެހެއްޓުން، އަދި މެޝިނަކަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން އަންގަންޖެހޭ އިސް މުވައްޒިފައް އަވަހަށް އެންގުން.
  11. ލޯންޑުރީގެ އިމާރާތާއި ދޮރާއި ދޮރުފަތާއި ތަޅުމުގެ ޓައިލްސްތައް ރަނގަޅަށް ސާފުކޮށް ޖަރާސީމު ނައްތާލެވޭގޮތަށް ސާފުކޮށް ލޯންޑުރީގައި މަސައްކަތަށް ބޭނުންކުރާ އެންމެހާ ތަކެތި ސާފުތާހިރުކޮށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން. ލޯންޑުރީ ސަރަހައްދުގެ ބޭރުތެރެ ސާފުކޮށް ވިނަނޮޅާ ރީތިކޮށް ބެލެހެއްޓުން. މަސައްކަތް ކުރުމުގައި ސަލާމަތައި ރައްކާތެރިކަމަށް ކަޑައެޅިފައިވާ ގަވާއިދުތަކާއި އިރުޝާދުތައް ދަނެ އެއާއި އެއްގޮތަށް އަމަލްކުރުން.
  12. ހިދުމަތް މެދުނުކެޑޭގޮތަށް، ސުޕަރވައިޒަރުގެ ލަފައާއި އިރުޝާދުގެ ދަށުން ބެޑުޝީޓް ބާލީހުއުރަފަދަ ތަކެތި ދޮވެ ރީތިކޯށް ބެހެއްޓުން. ޗުއްޓީއަށްދާ މުވައްޒިފުންގެ މަސައްކަތް ސުޕަރވައިޒަރު ރާވާގޮތަކަށް ކުރުން. ޢާއްމުކޮށް މަސައްކަތް ކުރަންޖެހޭ ދާއިރާއަކީ ހައުސްކީޕިންގައި ކަމަށްވުމާއެކު އެސެކްޝަނުގައި ކުރެވޭ މައިގަނޑު ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރަމުން ގެންދިއުން، މިގޮތުން އެކުގައި މަސައްކަތް މުރާ މުވައްޒަފު މީހާގެ މަސައްކަތުގައި އެހީތެރިވެދީ ޢަމަލީގޮތުން މަސައްކަތް ކުރުން.
  13. ޞިއްޙީ މަރުކަޒުގެ އިމާރާތާއި ގޯތިތެރެ އާއި މަގުމަތި ކުނިކަހާ ވިނަ ނޮޅާ ސާފު ތާހިރު ކަމާއެކު ބެލެހެއްޓުން. މަރުކަޒުގެ އޮފީހާއި އޮފީހުގައި ބޭނުންކުރެވޭ މެޝިނަރީސްތަކާއި ގޮނޑި މޭޒުތައް ކޮންމެދުވަހަކު ގަވައިދުން އޮފީސް ހުޅުވުމާއިއެކު އޮފީހުގެ މަސައްކަތް ފެށުމުގެކުރިން ފޮޅާސާފްކޮށް މޮޕްލުން.
  14.   މަރުކަޒުގެ އޮފީހާއި އޮފީހުގައި ބޭނުންކުރެވޭ މެޝިނަރީސްތަކާއި ގޮނޑި މޭޒުތައް ކޮންމެދުވަހަކު ގަވައިދުން އޮފީސް ހުޅުވުމާއިއެކު އޮފީހުގެ މަސައްކަތް ފެށުމުގެކުރިން ފޮޅާސާފްކޮށް މޮޕްލުން.   ސްޓާފް ފާހާނާ އާއި ޕަބްލިކް ފާހާނާ ކޮމްމެދުވަހަކު ދެއިރު ދޮވެސާފްތާހިރުކަންމަތީ ގެންގުޅުން.
  15. މަރުކަޒުގެ ފަންކާތަކާއި ދޮރުތަކާއި ދޮރުފޮތިތައް ފޮޅާސާފޮކޮށް ދޮވެއިސްތިރިކޮށް ގަވައިދުން ބެލެހެއްޓުން.
  16. މަރުކަޒުގައި ބާއްވާ ބައްދަލުވުންތަކުގައި ބައްދަލުވުމަށް ތައްޔާރުކޮށް ދިނުން އަދި މަރުކަޒުން އިންތިޒާމު ކޮށްގެން ބާއްވާ އިވެންޓް ތަކުގައި ފުރިހަމަޔަށް އެއްބާރުލުން ދިނުން
  17. މަރުކަޒުގައި އިންދާފައިވާ ރުއްގަސްތައް ބަލަހައްޓާ ގަހަށްފެންދީ، ގަހަށް ބޭސްޖަހާ ކޮށާ ނަގަންޖެހޭގަސްތައް ނަގާ ގަސްއިންދާ ތަން ޒީނަތްތެރިކޮށް ބަގީއްޗާ ހައްދާ ބެލެހެއްޓުން. މަރުކަޒުން ނައްތާލަން ޖެހޭ ކުނި ރައްކާތެރިކަމާއެކު ކުނިނައްތާލުމަށް ހަމަޖެހިފައިވާ ޤަވާޢިދާއި އެއްގޮތަށް ނައްތާލުން.
  18. މަރުކަޒުން ބޭރަށް ފޮނުވައިގެން ކުރަންޖެހޭކަންކަމުގައި އެފަދަކަމެއް ހަވާލު ކުރެވިއްޖެ ހިނދެއްގައި އެއްވެސް އިންކާރުކުރުމެއްނެތި ހަވާލުކުރެވޭ މަސައްކަތް ކުރުން.
  19. މަރުކަޒުގެ ޢިމާރާތާއި އިމު ފާރުތަކުގައި ކުލަ ކެހިފައިވާ ތަންތަން ސުޕަވައިޒަރާއި ވާހަކަ ދައްކާ އާބާތުރަފިލުވުން.
  20. ހޮސްޕިޓަލާއި ޞިއްޙީމަރުކަޒުތަކުގައި ދިމާވާ ކަންތައްތަކުގައި އެހީތެރިވެ އެއްބާރުލުންދީ މަސައްކަތްކުރުން. މަރުކަޒުގައި ހިންގާ ބޮޑެތި މަސައްކަތްތަކުގައި އިސްކޮށް ޙަރަކާތްތެރިވާ މުވައްޒަފެއްގެ ލަފާގެ ދަށުން އެމަސައްކަތެއް ނިމެންދެން މަސައްކަތްކުރުން. މަރުކަޒުންދެވޭ ޚިދުމަތަކީ ޚިދުމަތްހޯދުމަށް އަންނަ ފަރާތްތަކަށް ހިތްހަމަޖެހޭ ޚިދުމަތެއްކަމުގައި ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އަބަދުވެސް ކުރުން.  މަރުކަޒު ރަމްޒުކޮށްދޭ އެކިއެކި ޙަރަކާތްތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ ފަރާތްތަކުގެ އިރުޝާދާއެކު އެންމެހާ އެހީތެރިކަން ފޯރުކޮށް ދިނުން. ސިއްރު ހިފެހެއްޓުމާއި، އެކުގައި މަސައްކަތްކުރާ އެހެނިހެން މުވައްޟަފުންނަށް އިޙްތިރާމް ކުރުމާއެކު ރީތި ބަހުން މުހާޠަބު ކުރުން.

މަޤާމުގެ ޝަރުޠުތައް:

  • ލިޔަން ކިޔަން އެގުން  

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ ނުވަތަ، ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ، ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ކްލީނިންގް އެންޑް ލޯންޑްރީ
  • ކްލީނިންގް އެންޑް ލޯންޑްރީ
  • ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ހޮސްޕިޓަލުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Announcement/ViewDownloads/4
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  2. ގާބިލްކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަދި ދެވޭ އިމްތިހާނުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ 22 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް

[email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 24 ޑިސެމްބަރ 2024 އިން 14 ޖަނަވަރީ  2025 އާއި ދެމެދު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 6885045 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

16 ޑިސެންބަރު 2024