ދިވެހިރާއްޖެ
ވޭޖްގެ އެމްޕްލޯއިމެންޓް ދަށުން ޕޫލަށް މީހުން ނެގުން
މިއިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގެ ދާއިމީ މުވައްޒަފުން ޗުއްޓީ ނެގުމުން، ސަލާމް ބުނުމުން ނުވަތަ ޢާއިލީ ޒިންމާ ޗުއްޓީ ނެގުމުން އެދުވަސްތަކުގައި ވަގުތީގޮތުން މިސްކިތުގައި މަސައްކަތް ކުރުމަށްޓަކައި ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން ޕޫލަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: |
ކައުންސިލް އެސިސްޓެންޓް |
ބޭނުންވާ ޢަދަދު: |
03 (ތިނެއް) |
މަޤާމުގެ ގިންތި |
ވަގުތީ |
އޮފީސް / އިދާރާ: |
މާޅޮސް މަޑުލުދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރަންޖެހޭތަން: |
މަސްޖިދުއްސަލާމް، ބ.މާޅޮސް |
މަޤާމުގެ މުއްދަތު/ މަސައްކަތް ކުރަންޖެހޭ ވަގުތު |
01 އަހަރު (01 ޖެނުއަރީ 2025 އިން 31 ޑިސެންބަރު 2025 ގެ ނިޔަލަށް) ( ދުވާލަކު 5 ގަޑި އިރު) |
މަސައްކަތުގެ އުޖޫރަ |
ކޮންމެ ނަމާދު ވަގުތަކަށް 45.00 ރުފިޔާ ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ޕޫލުގައި މަސައްކަތްކުރާ ފަރާތްތަކަށް ދެވޭނީ ތަފްޞީލުގައި ކަނޑައެޅިފައިވާ އުޖޫރައެވެ. އިތުރުގަޑި ނުވަތަ އެއްވެސް އެލަވަންސްއެއް ނުދެވޭނެއެވެ. |
މަސައްކަތުގެ ޝަރުތު |
ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1- ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި އިމާމު / މުދިމު އަންގާ ގޮތެއްގެ މަތީން މަސައްކަތްކުރުން. 2- ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށްގޮސް މިސްކިތާއި ވަޅުދޮށް އަދި ފާހާނާއާއި އިސްކުރުބަރި ސާފުކުރުން. 3- މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި ވިނަނޮޅާ ސާފުކުރުން 4- ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން މިސްކިތުގެ ވަޅުދިޔަ ހިއްކައި ސާފުކުރުން. 5- އިމާމު / މުދިމު އަންގާ ގޮތެއްގެ މަތީން މިސްކިތަށްގޮސް ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ، ކަބަޑު، ދޮރުތަކާއި ދޮރުފަތްތަށް ފޮޅާ ސާފުކުރުން. އަދި ބޮކިތަކާއި ފަންކާތައް ބޭނުންވާ ވަގުތުގައި ދިއްލާ ނިއްވުން. 6- މިސްކިތް ތަކަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން އިމާމު / މުދިމު ކައުންސިލްގެ އިދާރާއަށް އަންގަމުން ގެންދިއުން. 7- ކައުންސިލްގެ އިދާރާއާއި އިމާމުން / މުދިމުން އަންގާ ގޮތެއްގެ މަތިން މިސްކިތު ގޯތިތެރޭގައި ގަސްއިންދައި ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން. 8- މިސްކިތާ ގުޅިގެން ކައުންސިލްގެ އިދާރާއިން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތަށް ކުރުން. 9- ކައުންސިލް އިދާރާއިން ރަށުގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގައި ބައިވެރިވުން. 10- މީގެ އިތުރުންވެސް މިސްކިތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން. |
ހުށަހަޅަންޖެހޭ ލިޔުންތައް |
https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތަށް |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 2024 ޑިސެމްބަރ 23 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މާޅޮހު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ- މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނަވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 25 ޑިސެންބަރު 2024 އާ 26 ޑިސެންބަރު 2024 އާއި ދެމެދު، މާޅޮހު ކައުންސިލްގެ އިދާރާގައެވެ. |
އިތުރު މަޢުލޫމާތު |
|