ބީލަން
ނަންބަރު: (IUL)311/311/2024/57
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 19 ޑިސެންބަރު 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާއީ ސަރަހައްދުގެ ތެރެއިން މީހުން ދިރިނޫޅޭ މަގުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ރަށުގެ އިޖުތިމާއީ ސަރަހައްދުގެ ތެރެއިން މީހުން ދިރިނޫޅޭ މަގުތައް ކުނިކަހާ ސާފުކުރުމުގެ ކޮންޓްރެކްޓްތަކުގެ މުއްދަތު 31 ޑިސެމްބަރ 2024ގެ ނިޔަލަށް ހަމަވާތީ، 01 ޖަނަވަރީ 2025 އިން 31 ޑިސެމްބަރ 2025ގެ ނިޔަލަށް މި ރަށުގެ ތިރީގައިވާ މަގުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

v      ސާތިރުމަގު (ކުލަބްޔަންގްސްޓަރސް އިން ފެށިގެން އިރަށް)

v      ފިނިފެންމަގު (ޔުނިކް ގެއިން ފެށިގެން އިރަށް)

v      އަޙްމަދީ މަގު (ސިލްވަރގޭގެ ކައިރީ ހުޅަނގަށް އޮންނަ ސަރުކާރު ބިމުގެ އިރުމަތިފަޅިން އެއްބައި އަދި އެހިސާބުން ފެށިގެން ދެކުނަށް އަޙްމަދީމަގު)

v      ނިކަގަސް މަގު

v      ހިތްފަސޭހަ މަގު (ސަރުކާރު ބޭނުމަށް ބާއްވާފައިވާ ބިމުގެ އުތުރުފަޅިން އެއްބައި)

v      މިސްކިތްމަގު (ހިނަވާގެއިން ހުޅަނގަށް)

v      މާނެރު ބީޗް

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު  ކައުންސިލް އިދާރާގެ އީމެއިލް [email protected] ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 19 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް
  • މައުލޫމާތު ދިނުމުގެ ބައްދަލުވުން: 19 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގައި ފައިނު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި
  • ބީލަން ބަލައިގަތުން: 26 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13.00 ގެ ނިޔަލަށް.
  • ބީލަންތައް ހުޅުވުން: 26 ޑިސެމްބަރ 2024 ގެ 13:05 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ.  ބީލަންތައް ހުންނަންވާނީ  ބަންދުކުރެވިފައިވާ  ސިޓީއުރައެއްގައެވެ.  މިކަމާ  ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން އިދާރާގެ ނަމްބަރު 4000311 އާއި ގުޅުއްވާ ނުވަތަ އީމެއިލް [email protected]  މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

16 ޑިސެންބަރު 2024