ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2024/59
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 10:48
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުއްދަ ނުނަގައި މަގުމަތީގައި ކެއްކުމާއި އަދި އެހެނިހެން މަސައްކަތްތައް ކުރުމާ ގުޅޭ

             އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއި ގޭގެ ގޯތީގައި ނުވަތަ މަގުގައި ހައްދާފައިވާ ގަސްތައް ކޮށައި ބެލެހެޓުމުގެ އުޝޫލް ގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވަނީ އދ. ފެންފުށީ ކައުންސިލުން ހުއްދަ ނުނަގައި މަގުމަތީގައި ޖޯލި، ގޮނޑި، މޭޒުފަދަ ތަކެތި ބަހައްޓައިގެން އެއްވެސް ކަމެއް ކުރަންތިބުމަކީ މަނާކަމެއް ކަމުގައެވެ.

            ނަމަވެސް މިހާރަކަށް އައިސް ބައެއްފަރާތްތަކުން މަގުމަތީގައި އުނދުންޖައިގެން ކެއްކުމުގެ މަސައްކަތް ކުރަމުންދާކަންވަނީ ފާހަގަކުރެވިފައެވެ. މިކަމަކީ އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއި ގޭގެ ގޯތީގައި ނުވަތަ މަގުގައި ހައްދާފައިވާ ގަސްތައް ކޮށައި ބެލެހެޓުމުގެ އުޝޫލް ގެ 7 ވަނަ މާއްދާގެ (ށ) ދަށުން މަނާކުރެވިފައިވާ ކަމެއްކަން އެންމެހާ ރައްޔިތުންނަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި މިފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވަމެވެ.

              ވީމާ މިއަދުން ފެށިގެން، އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއި ގޭގެ ގޯތީގައި ނުވަތަ މަގުގައި ހައްދާފައިވާ ގަސްތައް ކޮށައި ބެލެހެޓުމުގެ އުޝޫލްގެ 7 ވަނަ މާއްދާގެ (ށ) އާއި ހިލާފަށް މަގުމަތީގައި ކެއްކުމާއި އަދި އެހެނިހެން މަސައްކަތްތައް ކުރަމުން ގެންދާ ފަރާތްތަކާމެދު، އެ އުޞޫލްގެ 10 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުންގެންދާނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާންކުރީމެވެ. 

16 ޑިސެންބަރު 2024