ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-HR/141/2024/162
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 24 ޑިސެންބަރު 2024 13:00
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

                                އިޢުލާން

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-406900

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން

 

ޑިޕާޓްމަންޓް / ސެކްޝަން:

ކޮމިޝަނަރ އޮފް ސްޕޯޓްސް ޑިޕާޓްމަންޓް، އެޑްމިނިސްޓްރޭޝަން ސެކްޝަން، ޖެނެރަލް އެޑްމިނިސްޓްރޭޝަން ޔުނިޓް

މަސައްކަތު ގަޑި:

ހެނދުނު 08:00 ން މެންދުރު 14:00 އަށް

މުސާރަ:

މަހަކު 4،465.00 ރުފިޔާ

ސަރވިސް އެލެވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް 2:

މަހަކު 1,500.00 ރުފިޔާ

މަހަކު 700.00 ރުފިޔާ

އެހެނިހެން އެލަވަންސް

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

3. ސްޕެޝަލް ޑިއުޓީ އެލަވަންސް ގޮތުގައި މުސާރައިގެ %35.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ހުށަހަޅާ "ކުޅިވަރު ޖަމްޢިއްޔާ ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމް" ބަލައިގަނެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަތޯ ޗެކްކުރުމާއި އަންނަ ސިޓީ، މެމޯ، ނޯޓް ފަދަ ތަކެތި ބަލައިގަތުމާއި އެންޓްރީކުރުމާއި ސްކޭން ކުރުމަށްފަހު ސްޕަވައިޒަރގެ އަރިހަށް ދުވަހުން ދުވަހަށް ގެންދިއުން.

2. ޤައުމީ އެސޯސިއޭޝަންތަކުން ރާއްޖެއިން ބޭރަށް ފުރާ ޤައުމީ ޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ވީއްލުމުގެ މަސައްކަތް، ސްޕަވައިޒަރުގެ ލަފަޔާއެކު 3 ދުވަހުގެ ތެރޭގައި ނިންމުމަށްފަހު ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ލަފާގެ މަތިން ކުޅުންތެރިންނާއި އޮފިޝަލުން ވީއްލުމުގެ ހުއްދަ ލިޔުމުން ދިނުން.

3. ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ހުށަހަޅާ "ކުޅިވަރު ޖަމްޢިއްޔާ ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމް" ލިބުމުން ސްޕަވައިޒަރގެ މަޝްވަރާއާ އެއްގޮތަށް 10 ދުވަހުގެ ތެރޭގައި އެ ޖަމްޢިއްޔާ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ލަފާގެ މަތިން ރަޖިސްޓްރީކުރުން.

4. ކުޅިވަރު ޖަމްޢިއްޔާ ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމަށްފަހު "ނަން ފާސްކުރާ ކޮމިޓީ" އަށް ހަފްތާއަކު އެއްފަހަރު ސްޕަވައިޒަރގެ ލަފާގެމަތިން ގެންދިއުމާއި އެކޮމިޓީގެ އިދާރީ މަސައްކަތް ކުރުމާއި ބެލެހެއްޓުން.

5. ސްޕަވައިޒަރގެ މަޝްވަރާއާ އެއްގޮތަށް ކުޅިވަރު ޖަމްޢިއްޔާތަކުން ހުށަހަޅާ ހިންގާ ޤަވާއިދު ޗެކްކުރުމަށްފަހު، ޖަމްޢިއްޔާގެ ރަޖިސްޓަރީ ސެޓްފިކެޓް ތައްޔާރުކޮށް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ލަފާގެ މަތިން ފާސްކުރުމާއި ޖަވާބު ތައްޔާރުކޮށް ކްލަބު ޖަމްޢިއްޔާތަކަށް 7 ދުވަހުގެ ތެރޭގައި ޖަވާބުދިނުން.

6. ކުޅިވަރު ޖަމްޢިއްޔާތަކުގެ ހިންގާ ޤަވާއިދަށް ހުށަހެޅޭ އިޞްލާހުތައް ޗެކްކޮށް ސްޕަވައިޒަރގެ ލަފާގެ މަތިން އެޖަމްޢިއްޔާތަކަށް އެކަން އީ- މެއިލްގެ ޒަރީޢާއިން އެންގުން.

7. ކުޅިވަރު ޖަމްޢިއްޔާ ހިންގުމަށް އިތުރު ފުރުޞަތު ހޯދުމަށް އެދި ހުށަހެޅުމުން ޖަމްޢިއްޔާތަކުގެ މަޢުލޫމާތު އެކުލަވާލުމަށްފަހު، ސްޕަވައިޒަރގެ މަޝްވަރާއާ އެއްގޮތަށް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ލަފާގެ މަތިން ޖަވާބު ތައްޔާރުކޮށް އެޖަމްޢިއްޔާތަކަށް 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުން.

8. ކުޅިވަރު ޖަމްޢިއްޔާތަކުގެ ދަފްތަރު އޭގެ އެންމެ ފަހުގެ މައުލޫމާތާއެކު ބެލެހެއްޓުން.

9. ކުޅިވަރު ޖަމްޢިއްޔާތަކުން ހުށަހަޅާ ހިންގާކޮމިޓީ، ސްޕަވައިޒަރގެ މަޝްވަރާއާ އެއްގޮތަށް 7 ދުވަހުގެ ތެރޭގައި ނިންމުމަށްފަހު، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ލަފާގެ މަތިން ރަޖިސްޓްރީކުރުން.

10. ކުޅިވަރު ޖަމްޢިއްޔާތަކާއި ގުޅުންހުރި މަޢުލޫމާތު ހޯދުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން އެދުމުން ސްޕަވައިޒަރގެ ލަފާގެމަތިން 3 ދުވަހުގެ ތެރޭގައި އެމަޢުލޫމާތުތައް އެކުލަވާލާ ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ސިޓީއަކުން ނުވަތަ ޖެމްސް ނުވަތަ އީ-މެއިލްގެ ޒަރީޢާއިން ފޮނުވުމަށްފަހު ލިޔުންތައް ފައިލް ކުރުން.

11. ހިންގާކޮމިޓީގެ މުއްދަތު ހަމަވާ ކުޅިވަރު ޖަމްޢިއްޔާތަކާއި ޤައުމީ އެސޯސިއޭޝަންތައް ޗެކްކުރުމަށްފަހު ސްޕަވައިޒަރުގެ މަޝްވަރާއާ އެއްގޮތަށް އެޖަމްޢިއްޔާތަކަށް އެކަން އީ-މެއިލް ނުވަތަ އެސް.އެމް.އެސް ނުވަތަ ޕޯޓަލް މެދުވެރިކޮށް ނޮޓިފިކޭޝަން ފޮނުވުން.

12. ކުޅިވަރާބެހޭ ގައުމީ މަޖުލިހަށް ފޮނުވަންޖެހޭ ކުއާޓަލީ ރިޕޯޓް ތައްޔާރުކޮށް ފޮނުވުމާއި އަދި ކުޅިވަރާބެހޭ ގައުމީ މަޖުލިހަށް ބޭނުންވާ އެހެނިހެން އިދާރީ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

13. ކުޅިވަރު ޖަމްއިއްޔާތަކުގެ ޕޯޓަލް އަޕްޑޭޓްކޮށް ބެލެހެއްޓުން.

14. ގްރެފިކްސް ޑިޒައިނިން އާއި ގުޅުންހުރި މަސައްކަތް ކުރުން.

15. ސެކްޝަނަށް ލިބޭ އަދި ފޮނުވާ އިގިރޭސިބަހުގެ ލިޔުންތަކުގެ މަސައްކަތް ކުރުން.

16. ސެކްޝަންގެ ލިޔެކިޔުންތައް ފަސޭހައިން ފެންނާނެހެން ފައިލްކޮށް ބެލެހެއްޓުން.

17. ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ބާއްވާ ބައްދަލްވުންތަކުގެ ޔައުމިއްޔާ ލިޔުމާއި އެހެނިހެން ލިޔުންތައް ތައްޔާރުކުރުން.

18. މިނިސްޓްރީގެ އެކިއެކި ޑިޕާޓްމަންޓްތަކުން ރާވާ ހިންގާ ހަރަކާތްތަކުގައި އަމަލީ ގޮތުން އެހީތެރިވެދިނުން.

19. ސެކްޝަންގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ޙަވާލުކުރާ މަސައްކަތްތައް ކުރުން އަދި ޔުނިޓަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީވުމާއި ވަގުތުން ވަގުތަށް ކަމާބެހޭ ބޭފުޅުންނަށް މަޢުލޫމާތު އެރުވުން.

20. މީގެ އިތުރުން، ސެކްޝަންގެ ވެރިއަކު އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން. 

މަޤާމުގެ ޝަރުޠުތައް:

1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

 

2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާޞިލްކޮށްފައިވުން.

 މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ގެ (www.sports.gov.mv) ވެބްސައިޓުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/Announcement/ViewDownloads/4

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ  (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އއެއްބަސްވުމެއއޮތް މުވައްޒަފުން ކުރިމަތިލާ މާޤާމަށް ހޮވިއްޖެނަމަ، އަދަކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަަމަށް، ވަޒީފާ އަދާކުރާ އޮފފީހުން ދޫކޮށްފައިވާ ލިޔުން. 

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ : ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ އަންގައިދޭ ރެފަރެންސް ޗެކް ފޯމު."

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި މަސައްކަތު ތަޖުރިބާ.
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
  • ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަންގެ (www.sports.gov.mv) ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހު 13:00 ގެ ކުރިން އީމެއިލް hr.recruitment@sports.gov.mv މެދުވެރިކޮށެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިއުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިމްތިހާން އަދި އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން އަދި އިންޓަވިއު އޮންނާނީ، 25 ޑިސެމްބަރ 2024 އާއި 24 ޖަނަވަރީ 2025 އާ ދެމެދު، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް   ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2    ފޯމު)" އާންމުކުރުން.

 

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ނުވަތަ އީ-މެއިލް [email protected] މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347329  ނުވަތަ  3347316 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއ ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ http://www.csc.gov.mv/dv/recruitment-usoolu) ) އިން ލިބެންހުންނާނެއެވެ.

16 ޑިސެންބަރު 2024