އިޢުލާނު
|
މަޤާމު:
|
އިމާމް / މުދިމް
|
މަޤާމުގެ ނަންބަރު:
|
-
|
ބޭނުންވާ އަދަދު:
|
05 (ފަހެއް)
|
މަޤާމުގެ ގިންތި އާއި މުއްދަތު:
|
ވޭޖް (ވަޤުތީ ) ( 2025 ވަނަ އަހަރަށް )
|
މަޤާމުގެ ރޭންކު:
|
އިމާމު: ޖީ. އެސް 3
މުދިމް: ޖީ. އެސް 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އިމާމު: ( އެސިސްޓެންޓް ޓެކްނިކަލް އޮފިސަރު ގްރޭޑް 1 )
މުދިމް: ( އެސިސްޓެންޓް އޮފިސަރު ގްރޭޑް 1 )
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މިސްކިތްތައް
|
މުސާރަ:
|
އިމާމް: ކޮންމެ ނަމާދު ވަގުތަކަށް -/61ރ (ފަސްދޮޅަސް އެކެއް) ރުފިޔާ
މުދިމް: ކޮންމެ ނަމާދު ވަގުތަކަށް -/53ރ (ފަންސާސް ތިނެއް) ރުފިޔާ
|
މަސައްކަތު ވަގުތު:
|
-
|
އެހެނިހެން އެލަވަންސް:
|
-
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލުން ހަވާލުކުރާ މިސްކިތައް ކޮންމެ ނަމާދެއްގެ ވަޤުތު ޖެހުމުގެ ކުރިންގޮސް މިސްކިތުގެ ކަންކަންބަލާ ރަގަނޅުކުރަންޖެހޭ ކަންތައްތައް ރަގަޅުކުރުމާއެކު ފަސްވަގުތު ބަންގި ގޮވައި، އިމާމްވެ ފަރުޟު ފަސް ނަމާދުކުރުން
- މިސްކިތުގެ ސާފްތާހިރު ކަމާއި، އަދި މިސްކިތުގެ އެއްމެހާ ކަންތައްތައް ހިނގާނުހިނގާގޮތް ބަލާ ސްޕަވައިޒްކޮށް ދިމާވާ މައްސަލަތައް ކަމާއިބެހޭ ފަރާތްތަކާއި ގުޅައިގެން ހައްލުކުރުމަށް މަސއްކަތްކުރުން.
- މަސައްކަތު މީހުންގެ ގޮތުގައި މިސްކިތުގައި މަސައްކަތްކުރާ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓުގެ ދަށުން މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ދުވަހުން ދުވަހަށް ސްޕަވައިޒްކޮށް މަސައްކަތު މީހުންގެ މިސްކިތުގެ ޙާޒިރީ ދުވަހުން ދުވަހަށް ބަލާ ރަގަޅަށް ޤަޥާޢިދުން ބެލެހެއްޓުން
- މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި މަރާމާތެއް ކުރަންޖެހިފައިވާ ތަނެއްހުރިތޯ ބެލުމާއި، ހުރިނަމަ ކައުންސިލްގެ އިދާރާއަށް އެކަން އަންގައި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރުމާއި، ކައުންސިލްއިދާރާއިން އަންގަވާގޮތެއްގެމަތީން މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސައުންޑް ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން މިނިސްޓްރީގެ / ކައުންސިލްގެ ކަމާބެހޭ ސެކްޝަނަށް އަންގައިގެން ހައްލުކުރުމުގެ މަސައްކަތް ކުރުން.
- މިސްކިތުގައި ނަމާދުކުރާމީހުންނަށް އެކަށީގެންވާ މާޙައުލެއް ޤާއިމްކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން.
- ކައުންސިލުން އަންގަވައިފި ހިނދެއްގައި އިމާމުވެ ކޭތަ ނަމާދު، ޢީދު ނަމާދު، ހުކުރު ނަމާދު، ކަށުނަމާދު އަދި ތަރާވީޙް ނަމާދު ކުރަންޖެހޭ ޙާލަތުގައި އެނަމާދުތައް ކުރުން.
- މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ހިންގާނަމަ އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއެކު އަދި އެކަމެއްނިމެންދެން މިސްކިތުގައި މަޑުކުރުން.
- މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ކައުންސިލް އިދާރާގެ ހުއްދަނެތި އެއްވެސްލިޔުމެއް ހަރުކުރެވިފައި ހުރިތޯބެލުމާއި ،އެފަދަ ލިޔުންތައް ހުރިނަމަ ކައުންސިލަށް އަންގައިގެން އެކަން ހައްލުކުރުން.
- މިސްކިތާއިބެހޭގޮތުން ރައްޔިތުން ހުށަހަޅާ ޝަކުވާތައް ކައުންސިލާއި ހިއްސާކޮށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުން.
- މީހަކު ނިޔާވެގެން ކައުންސިލް އިދާރާއިން އަންގައިފިނަމަ އެމީހާގެ ޖަނާޒާގެ ކަންކަން ފުރިހަމަކުރުމުގައި ޢަމަލީގޮތުން ބައިވެރިވުމާއެކު އޖަނާޒާގެ ކަންކަން ނިމެންދެން އެކަމުގައިއުޅުން.
- ކައުންސިލުން ކަޑައަޅާފައިވާ އުޞޫލްތަކާއި އެއްގޮތައް މިސްކިތް ސާފްކުރުމުގެ އެއްމެހާ ކަންތައްތައް ކުރިއަށްދާކަން ކަށަވަރުކުރުމާއި އެގޮތައް އެކަން ނުދާނަމަ ކައުންސިލް އިދާރާއަށް އެންގުން
- ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލުން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން
13. މީގެއިތުރުން މިސްކިތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައްކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
އިމާމް: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު ،މުދިމްކަމުގެ ސަނަދު ނުވަތަ ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން ނުވަތަ
ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ޙާޞިލްކޮށްފައިވުން
މުދިމް: ތަޖްވީދުމަގުން ކީރިތި ޤުރުއާން ކިޔަވަން ދަންނަ މީހެއްކަމުގައިވުން.
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
- ސުކޫލްގައި ކިޔަވާ ކުއްޖެއްނަމަ ބެލެނިވެރިޔާ އިޢުތިރާޟް ނުކުރާކަމުގެލިޔުން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމް
- ތަމްރީން
- ލިބިފައިވާ މަސައްކަތު ދާއިރާގެ ތަޖުރިބާ
- ލިބިފައިވާ ހުނަރު
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ގައްދޫ ކައުންސިލްގެ އިދާރާއަށެވެ. ނަމަވެސް އިޢުލާނުގެ މުއްދަތު ހަމަވާއިރު މަޤާމަށް ބޭނުންވާ އަދަދަށް މީހުން ނުލިބޭ ކަމުގައިވާނަމަ އިޢުލާނުގައި ބުނާ އަދަދަށް މީހުން ހަމަވަންދެން ޕޫލަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 28 ޑިސެމްބަރ 2024 އާއި 30 ޑިސެމްބަރ 2024 އާ ދެމެދު، ގައްދޫ ކައުންސިލް އިދާރާގައެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7787791 އަށެވެ.
ނޯޓް: ރީތިކޮށް ބަންޤި ގޮވާ ޤުރުއާން ކިޔަވައި އިމާމުވެ ނަމާދުކުރެވޭ ސްކޫލްގައި އުޅޭ ދަރިވަރުންނަށްވެސް ފުރުޞަތު އޮތްވާހަކަ ދަންނަވަމެވެ. ބެލެނިވެރިން އިޢުތިރާޒު ނުކުރާކަމުގެ ލިޔުމާއެކު ހުށަހެޅިދާނެއެވެ.
|