ދިވެހިރާއްޖެ
އިހަވަންދޫ ކައުންސިލްގެ އިދާރާއިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ (ފީ، ކުލި، ޖޫރިމަނާ ފައިސާ) އަދި ސަރުކާރުގެ އެކި ވުޒާރާތަކަށް ފޮނުވުމަށްޓަކައި މި އިދާރާއަށް ބަލައިގަންނަ ފައިސާ، ނަގުދުން ބަލައިގަތުން ހުއްޓާލާ އެފަދަ އެންމެހާ ފައިސާ 2025 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ބަލައިގަތުމަށް އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 175 ވަނަ (2024 ޑިސެންބަރު 04) އާންމު ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
ވީމާ، 2025 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން އެކިއެކި ކަންކަމުގައި މި އިދާރާއަށް ދައްކަންޖެހޭ ފައިސާ ދައްކަވާނީ ކަމާގުޅޭ ބޭންކް އެކައުންޓަށް ޓްރަންސްފަރ ކޮށްގެންކަމުގައި ދަންނަވަމެވެ. ފައިސާ އެކައުންޓަށް ޓްރާންސްފަރ ކުރެއްވުމަށްފަހު ކައުންސިލްގެ ވައިބަރ ނަންބަރަށް (7750013) ސްލިޕް ވައިބަރ ކުރެއްވުމަށް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.