މަސައްކަތް
ނަންބަރު: (IUL)407-CA407/407/2024/65
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 17:29
ސުންގަޑި: 23 ޑިސެންބަރު 2024 13:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ފަތްމިނި މައިޒާން" ތަރައްޤީ ކުރާނޭ ފަރާތެއް ހޯދުމާއި ބެހޭ

ހުވަދުއަތޮޅޫ އުތުރުބުރީ ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ތަރައްޤީ ކުރާ "ފަތްމިނި މައިޒާން" ގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.   

               މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް 2024 ޑިސެމްބަރ 15 ވާ އާއްދީތަ ދުވަހުން ފެށިގެން 2024 ޑިސެމްބަރ 23 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected]   އަށް ގެޒެޓް ކުރެވިފައިވާ "ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް"  ފުރުމަށްފަހު، އީމެއިލް އަށް ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ، ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  

އިޢުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލް:

 

ބީލާން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 15 ޑިސެމްބަރ 2024 އިން 23 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް

ބީލަން ހުށަހެޅުން: 25 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގައި ގއ. ވިލިނގިލީ ކައުންސިލް އިދާރާގެ މީޓިން ރޫމްގައި

 

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއްހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނަމަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ފޯނުންނަމަ 6822503 އަށް  ގުޅުއްވުން އެދެމެވެ.

15 ޑިސެންބަރު 2024