ދިވެހިރާއްޖެ
އިޢުލާން
ޢިމާރާތްތަކުގެ ބީ.އޯ.ކިއުތައް ޗެކުކުރުން
މި މިނިސްޓްރީއަށް ހުށަހަޅާ ބައެއް ޢިމާރާތްތަކުގެ ބީ.އޯ.ކިއުތައް މި މިނިސްޓްރީން ދޭ މުއްދަތެއްގެ ތެރޭގައި ޗެކްކުރުމަށް ބޭނުންވެގެން 3 މޭ 2015 ގައި ދެވަނަ ފަހަރަށް ކޮށްފައިވާ އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހު 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މިމިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ލިބެން ހުންނާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެރިވެލައްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުން، މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ވަނަވަރާއި އެހެނިހެން ތަފުޞީލާއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މައުލޫމާތު ބޭނުންވެލައްވާ ނަމަ މި މިނިސްޓްރީގެ ނަންބަރު 3004172 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވަލޮޕްމަންޓް ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ
މާފަންނު، އަމީނީމަގު،
މާލެ، ދިވެހިރާއްޖެ
22 ރަަމަޟާންް 1436