ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)414-A/2015/49
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 22 ޖުލައި 2015 15:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މަސައްކަތު   

ރޭންކް:

އެސް. އެސް.  1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް / އިދާރާ:

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ  ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

މަޤާމުގެ ގިންތި:

ދާއިމީ

 

އެހެނިހެން އެލަވަންސް:

- ރަމަޟާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސް.

- އިތުރުގަޑީގެ މަސައްކަތަށްދޭ ފައިސާ. 

- ބަންދު ދުވަސްތަކުގައި މަސައްކަތްކުރާތީ މުސާރައިގެ އިތުރުންދޭ އެލަވަންސް ހަމަޖެހިފައިވާ ގަވާއިދުގެ މަތިން ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 • ކައުންސިލްގެ އިދާރާ ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، ކައުންސިލްގެ އިދާރާގެ ގޯތިތެރެއާއި ކައުންސިލްގެ އިދާރާޔާ އިންވެގެންވާ މަގުތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
 • ކައުންސިލްގެ އިދާރާގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.
 • އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ހަވާލުކުރުން.
 • އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
 • ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި އެ މުވަޒަފަކު ކުރަމުންގެންދިޔަ މަސައްކަތް ވަގުތީގޮތުން ހަވާލުކޮށްފި ހިނދެއްގައި އެ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.
 2. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިއު އާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

- އިންޓަވިއު އޮންނާނީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއު އޮންނާނެ ދުވަހާއި، ގަޑިއާބެހޭ މަޢުލޫމާތު، މަސައްކަތު 5 ދުވަހުގެ ކުރިން ލިޔުމުން އެންގޭނެއެވެ.

- މި މަޤާމަށް އިންޓަވިއު ކުރެވޭނީ މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް ޝައުޢުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތަކާއެކު، 2015 ޖުލައި 22 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

 

 

 

ހުށަހަޅަންޖެހޭ ލިއުންތައް:

 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން  ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
 2. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.
 3. ސަރުކާރުގެ   ނުވަތަ   ސިވިލް   ސަރވިސްއަށް   ޚިދުމަތްކުރުމަށް   ބޮންޑެއްގައި   ހުރި  މުވައްޒަފެއްނަމަ ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންގެންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިއުން.
 4. ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި މުއްދަތު އެނގޭގޮތަށް، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުމެއް.
 5. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ކޮޕީ.
 6.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ  6820020  ނަންބަރު  ފޯނާއެވެ.  ފެކްސް ނަންބަރަކީ 6820020 އެވެ.  އީ މެއިލް ކުރާނީ [email protected] އަށެވެ.

26 ރަމަޟާން 1436

13 ޖުލައި 2015