ވަޒީފާގެ ފުރުޞަތު
ނަންބަރު: CA/286/2015/15
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 10:34
ސުންގަޑި: 23 ޖުލައި 2015 12:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މި އިދާރާއަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދަޢުވަތު ދެމެވެ.

އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ (ކޮންޓްރެކްޓް)

މަޤާމް:

ޖީ. އެސް. 3

ރޭންކް:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން:

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާ

އޮފީސް / އިދާރާ:

އިކޮނޮމިކް ސޯޝިއަލް އެންޑް މުނިސިޕަލް ސަރވިސް ޔްނިޓް

ޔުނިޓް:

4465.00 ރުފިޔާ

މުސާރަ:

1500.00 ރުފިޔާ

ސަރވިސް އެލަވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

ކޮންޓްރެކްޓް 2 އަހަރު ދުވަސް

ގިންތި:

- މެނޭޖްމަންޓް / ޕްލޭނިންގ ނުވަތަ ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

 

- ރަށުގެ ތަރައްޤީގެ ޕްލޭން ބެލެހެއްޓުމާއި، ތަރައްޤީގެ އަމާޒުތަކުގެ ރެކޯޑް ބެލެހެއްޓުމުގެ އިތުރުން ފައިނޭންޝިއަލް ޕްލޭން އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ރަށުގެ ރަށްވެހީންގެ ރެޖިސްޓްރީ ކައުންސިލުން ކަނޑައަޅާ މިންގަނޑެއްގައި ބަލަހައްޓަމުން ގެންދިޔުން.

- ރަށުގެ ބިންތަކާއި ބިމުގެ ބަޖެޓާއި، ބިންބިމާ ގުޅުންހުރި މަސައްކަތްތައް ބެލެހެއްޓުން.

- ބިމުގެ ރެޖިސްޓްރީ ހަދައިދީ ބެލެހެއްޓުން.

- ކައުންސިލްގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެމަތީން ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުން.

- ރަށުގައި އުފެދިފައިވާ ކްލަބް ޖަމްޢިއްޔާތަކުގެ ދަފުތަރެއް ބެލެހެއްޓުން.

- ކައުންސިލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ތަކެއްޗާއި ތަންތަން ކުއްޔަށް ދޫކޮށް ހިސާބުތައް ބެލެހެއްޓުން.

- އިޖުތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތުގެދަށުން ހިންގޭ ހަރަކާތްތަކުގެ ލިޔެކިޔުން ބެލެހެއްޓުން.

- ތިމާވެށި ޙިމާޔަތްކުރުމަށް ކައުންސިލުން ރާވާ ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތްތައް ކުރުން.

- ކައުންސިލުން ހިންގާ ޞިއްޙީ ރައްކާތެރިކަމާ ގުޅޭ ޕްރޮގްރާމްތައް ބެލެހެއްޓުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

ވަޒީފާއަށް އެއްމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިޔުއާއި ޕްރެކްޓިކަލް ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި،  ތާރީޚު،  އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި އެފަރާތަށް އެންގޭނެއެވެ.

އިންޓަވިޔު އާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނަކާއި މުއްދަތު:

 

މި  ވަޒީފާއަށް  ކުރިމަތިލުމަށް  ޝައުޤުވެރިވާ  ފަރާތްތަކުން،  2015  ޖުލައި  23  ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން ވަޒީފާއަށް އެދި ހުށައަޅާ ފޯމާއެކު، ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ. 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެމަތީން އިތުރު ގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމް، މި ކައުންސިލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، މަޤާމަށް ހޮވިއްޖެނަމަ،  އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް، ހުށަހަޅާ ސެޓްފިކެޓްތައް އެކްރެޑިޓްކޮށްފައި ނުވިނަމަވެސް އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.    

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް      (ސާފުކޮށް ކިޔަން އެނގޭގޮތަށް ނަގާފައި، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީއެއް.)

ހުށަހަޅަންޖެހޭ ލިޔުންތައް:

މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560013 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނީ 6560013 ނަންބަރަށެވެ. އީމެލްކުރާނީ [email protected]  އަށެވެ.

އިތުރު މަޢުލޫމާތު:

26 ރަމަޟާން 1436

13 ޖުލައި 2015