މަސައްކަތް
ނަންބަރު: (IUL)407-CA407/407/2024/64
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 23 ޑިސެންބަރު 2024 13:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ވިލިނގިލި ޕާކް ތަރައްޤީ ކުރާނޭ ފަރާތެއް ހޯދުމާއި ބެހޭ

މިއިދާރާގެ ނަމްބަރު (IUL)407-CA407/407/2024/56 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަމާއެކު ހުށަހަޅަންޖެހޭ ބައެއް ލިޔުންތައް މަދުވުމުން އެއިޢުލާން ބާޠިލުކޮށް، މި އިދާރާއިން ދޭ މައުލޫމާތާއި ކުރެހުމާއި ބީއޯކިއު އާއި އެއްގޮތަށް ޕާކް ކޮންސެޕްޓްގެ ފޭސް އެކެއްގައި ހިމެނޭ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.  

               މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް 2024 ޑިސެމްބަރ 15 ވާ އާއްދީތަ ދުވަހުން ފެށިގެން 2024 ޑިސެމްބަރ 23 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected]   އަށް ގެޒެޓް ކުރެވިފައިވާ "ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް"  ފުރުމަށްފަހު، އީމެއިލް އަށް ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ، ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  

އިޢުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލް:

 

ބީލާން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 15 ޑިސެމްބަރ 2024 އިން 23 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް

ބީލަން ހުށަހެޅުން: 25 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 11:00 ގައި ގއ. ވިލިނގިލީ ކައުންސިލް އިދާރާގެ މީޓިން ރޫމްގައި

 

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއްހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނަމަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ފޯނުންނަމަ 6822503 އަށް  ގުޅުއްވުން އެދެމެވެ.

15 ޑިސެންބަރު 2024