ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322/322/2024/152
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 22 ޑިސެންބަރު 2024 14:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިން ދޫކުރުމާ ބެހޭ

މިރަށު ތަރަހަ ގޯއްޗާއި އިންވެގެން އިރަށްއޮތް، ދަނޑުބިން ނަންބަރު 12 ދަނޑުވެރިކަމަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ ދަނޑުވެރިކަމަށް ބިން ބޭނުންވާ ފަރާތްތަކުން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އެކަކަށް ވުރެ ގިނަފަރާތްތަކަކުން ބިންބޭނުންވެގެން ހުށަހަޅައިފިނަމަ ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ގުރުއަތު ލައިގެންނެވެ. ބިން ބަލަން ބޭނުންވާނަމަ 18 ޑިސެމްބަރ 2024 ވާ ބުދަ ދުވަހުގެ 09:00 އަށް މިއިދާރާއަށް ދުރުވެ ދެއްވުން އެދެމެވެ.

ދަނޑުބިން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި މިއިދާރާއަށް ސިޓީހުށަހަޅަންޖެހޭ އެންމެ ފަހު ވަގުތަކީ 22 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކަމުގައި ދަންނަވަމެވެ.

15 ޑިސެންބަރު 2024