މަސައްކަތް
ނަންބަރު: (IUL)340/340/2024/64
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 19:14
ސުންގަޑި: 22 ޑިސެންބަރު 2024 10:45
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާވުމަގުގެ ފުޓުބޯޅަދަނޑާއި އިންވެގެން އޮންނަ ސަރަޙައްދުގެ ބައެއްގައި ޕޭމަންޓެއް ހެދުމާއި ލައިޓް ޕޯސްޓް ޖެހުން:

މި ކައުންސިލްގެ ނަންބަރު:340/340/2024/45 (IUL) (09 އޮކްޓޫބަރު 2024) އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން ހުށަހެޅުމެއް ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ  ޢަމަލީ މަސައްކަތްކުރާ      ފަރާތްތަކުގެ   ޤަވާޢިދު         ނަންބަރު:  2019/R-1019" ގައިވާގޮތުގެމަތީން، ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2024 ޑިސެންބަރު 12 އިން 2024 ސެޕްޓެންބަރު 19 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް އެދި [email protected]  އީމެއިލަށް ނުވަތަ 6660714 ނަންބަރު ފޯނާ ގުޅުއްވައިގެން ނުވަތަ މި ކައުންސިލަށް ރަސްމީގަޑީގައި ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓްނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ.

މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރެވޭނީ ގަނޑަކަށް 2ރ (ދޭއް ރުފިޔާ) ދެއްކުމުންނެވެ. ރަޖިސްޓްރީވުމަށް ހުށަހަޅާފަރާތްތަކުން ކުންފުނި  (ވިޔަފާރި/ކުންފުނި) ގެ ނަމާއި ވެރިފަރާތުގެ ނަމާއި ގުޅޭނެ ނަންބަރު އަދި އައި.ޑީކާޑު ނަންބަރު ހުށަހެޅުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ.

މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މަތީގައިވާ މެއިލަށް 2024 ޑިސެންބަރު 18 ވަނަ ދުވަހުގެ  14:00ގެ ކުރިން ފޮނުވުމުން ޖަވާބު ފޮނުވޭނެއެވެ.

މި މަސައްކަތުގެ ޕްރީބިޑް މީޓިން އޮންނާނީ 2024 ޑިސެންބަރު 16 ވަނަ ދުވަހުގެ 10:45 ގައި މި އިދާރާގައެވެ. އަދި  ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2024 ޑިސެންބަރު 22 ވަނަ ދުވަހުގެ 10:45 ގައި މި އިދާރާގައެވެ.

12 ޑިސެންބަރު 2024