ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-DOFL/10/2024/121
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 16:37
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ސެލްފް ޑިކްލަރޭޝަން ފޯމް ހުށަހެޅުން ހުއްޓާލުމާ ގުޅޭ

އިޢުލާން

ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ސެލްފް ޑިކްލަރޭޝަން ފޯމް ހުށަހެޅުން ހުއްޓާލުމާ ގުޅޭ

އެކްސްޕެޓް ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ، ސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދެވޭ ޚިދުމަތްތައް ފަސޭހަ އަދި އަވަސް މިނެއްގައި ލިއްބައިދިނުމުގެ މަޤްޞަދުގައި އެކްސްޕެޓް ޕޯޓަލް އަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން؛ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީން ވަޒީފާ އަދާކުރާ ވަރކް ސައިޓް ރަޖިސްޓްރީ ކުރުމަށް ނޮޓަރައިޒްކޮށް ހުށަހަޅަންޖެހޭ ލިޔެކިއުންތަކުގެ ތެރެއިން "ވަރކް ސައިޓް ޑިކްލަރޭޝަން ފޯމް" 2024 ޑިސެމްބަރ 15 ވަނަ ދުވަހުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހަޅަން ނުޖެހޭ ގޮތަށް ކަނޑައަޅައި ނިންމާފައިވާކަމުގައި ދެންނެވީމެވެ. އަދި މި ފޯމުގެ ބަދަލުގައި ސިސްޓަމް މެދުވެރިކޮށް "ޑިޖިޓަލް ޑިކްލަރޭޝަން" އެއް ހުށަހެޅުމަށް ސިސްޓަމަށް ބަދަލު ގެނެވިފައިވާ ކަމުގައިވެސް ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.    

‏11‏ ޖުމާދަލްއާޚިރާ‏ 1446

‏12‏ ޑިސެމްބަރ‏ 2024

12 ޑިސެންބަރު 2024