މަސައްކަތް
ނަންބަރު: (IUL)340/340/2024/63
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:27
ސުންގަޑި: 22 ޑިސެންބަރު 2024 10:30
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންބޮޑުވާ ބައެއް ސަރަޙައްދުތަކުގައި ފެންހިންދާ ނިޒާމުތަކެއް ގާއިމްކުރުން:

މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން ދެވަނަ ފަހަރަށް ކޮށްފައިވާ ނަންބަރު:340/340/2024/46 (IUL) (09 އޮކްޓޫބަރު 2024) އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން ހުށަހެޅުމެއް ހުށަހަޅާފައި ނުވާތީ އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ  ޢަމަލީ މަސައްކަތްކުރާ      ފަރާތްތަކުގެ   ޤަވާޢިދު         ނަންބަރު:  2019/R-1019" ގައިވާގޮތުގެމަތީން، ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2024 ޑިސެންބަރު 12 އިން 2024 ޑިސެންބަރު 19 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް މި ކައުންސިލްގެ  [email protected]  އަށް އީމެއިލް ނުވަތަ ރަސްމީގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. އީމެއިލް މެދުވެރިކޮށް ނަންނޯޓްކުރަން ހުށަހަޅާފަރާތްތަކުން ތަނުގެ ނަމާއި ވެރިފަރާތުގެ ނަމާއި އައި.ޑީ.ކާޑު ނަންބަރު އަދި ފޯނުނަންބަރު ހިމަނައިގެން ހުށަހެޅުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

މި މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ. މި ބިޑްޑޮކިއުމަންޓުގެ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ އަދި މަސައްކަތުގެ މަޢުލޫމާތުތަކާއި އިރުޝާދުތައް ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މަތީގައިވާ މެއިލަށް 2024 ޑިސެންބަރު 18 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޮނުވުމުން ޖަވާބު ފޮނުވޭނެއެވެ.

މި މަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ 2024 ޑިސެންބަރު 16 ވަނަ ދުވަހުގެ 10:30 ގައި މި އިދާރާގައެވެ. އަދި  ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2024 ޑިސެންބަރު 22 ވަނަ ދުވަހުގެ 10:30 ގައި މި އިދާރާގައެވެ.

12 ޑިސެންބަރު 2024