ދިވެހިރާއްޖެ
އިޢުލާން
ނީލަން ކިއުން
މިކައުންސިލާއި މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި ބޭނުންކޮށް ބައުވެފައިވާ ތަކެތި ނީލަން ކިޔަން ބޭނުންވެއެވެ. މިގޮތުން މިތަކެތި ނީލަންކިއުން އޮންނާނީ 2024 ޑިސެންބަރު 14 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހުގައެވެ. އަދި ނީލަން ކިޔަމުން ދާނީ ތިރީގައިއެވާ ތާވަލުގައިވާ ތަރުތީބުންނެވެ.
ނަންބަރު |
ނީލަން ތަކެތި ހުރި ތަންތަން |
ނީލަން ކިޔަން ފަށާ ގަޑި |
1 |
މަސްޖިދުލް ފަލާހް (ހުޅަނގުކޮޅު ކުޑަމިސްކިތް) ކުރިމަތި |
16:00 |
2 |
ރައްޔިތުން ފިހާރަ (އެސް.ޓި.އޯ) ކުރިމަތި |
16:30 |
3 |
މަސްޖިދުލް ތަޤުވާ (އިރުމަތިކޮޅު އަންހެނުންގެ މިސްކިތް) |
17:00 |
4 |
ޝިއާރާ އެވެ ކިޔާ ބަންޑާރަ ގޯތީގެ ދެކުނުން އޮތް ހުސްބިން |
17:20 |
ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 2024 ޑިސެންބަރު 15 ވާ އާދިއްތަ ދުވަހުގެ 12:00 ގެކުރިން އަލިފުށި ކައުންސިލް އިދާރާއަށް ފައިސާ ދައްކަވައި، 2024 ޑިސެންބަރު 17 ވާ އަންގާރަ ދުވަހު 14.00 ގެ ކުރިން ތަކެތި ނަންގަވާ ތަން ހުސްކުރަން ޖެހޭނެވެ.
މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ ލިސްޓު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، މިކަން އާންމުކޮށްއަންގާ އިޢުލާނު ކުރީމެވެ.