ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-ADHR/320/2024/162
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 31 ޑިސެންބަރު 2024 13:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ 183 ގޯއްޗައް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކުރުން

                  ބ. އޭދަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ 183 ގޯއްޗަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް މިއިޢުލާނާއެކު އާންމު ކުރީމެވެ.

                  ވީމާ، މިލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 12 ޑިސެންބަރު 2024 ވަނަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 08:30 ން މެންދުރުފަހު 13:00 އާއި ހަމައަށްވަނީ ހުޅުވާލެވިފައެވެ. މިލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޑިސެންބަރު 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އެވެ. ލިސްޓަށް ޝަކުވާ ހުށަހަޅަންވާނީ، ސިޓީއަކުން ކައުންސިލް އިދާރާއަށެވެ. އަދި އީމެއިލްގެ ޛަރީއާއިން ޝަކުވާގެ ސިޓީ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ [email protected] އަށް ފޮނުއްވުމުން ބަލައިގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި ދަންނަވަމެވެ. އީމެއިލް މެދުވެރިކޮށް ޝަކުވާގެ ސިޓީ ހުށަހަޅުއްވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް އީމެއިލް ލިބުނުކަން ކަށަވަރު ކުރަންވާނެއެވެ. މީގެ އިތުރުން،  ޝަކުވާ ސިޓީ ހުށަހަޅުއްވާއިރު އެފަރާތަކާއި ގުޅޭނެ ފޯނު ނަންބަރާއި އައި.ޑީ ކާޑު ނަންބަރު ބަޔާން ކުރެވިފައި އޮންނަން ވާނެއެވެ. މިލިސްޓަށް އަނގަބަހުންނާއި ފޯނު މެދުވެރިކޮށް ހުށަހަޅާ ޝަކުވާތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

                  11 ޖުމާދަލްއާޚިރަ 1446

                  12 ޑިސެންބަރު 2024     

 

                       

12 ޑިސެންބަރު 2024