ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)247-CA/247/2024/125
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:45
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހޯރަފުށީ ކައުންސިލްގެ މާލިއްޔަތުން ފައިސާގެ އެހީ ދިނުމުގެ ޤަވާއިދު ޢާންމު ކުރުމާއި ބެހޭ
އިޢުލާން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު: 2010/7 ގެ، 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، އަދި މި ޤާނޫނުގެ 149 ވަނަ މާއްދާއިން ކައުންސިލްތަކަށް ލިބިފައިވާ ބާރުގެ ދަށުން، ހޯރަފުށީ ކައުންސިލުގެ މާލިއްޔަތުން ފައިސާގެ އެހީ ދިނުމުގެ ޤަވާއިދު އާންމު ކުރަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
10 ޖުމާދަލްއާޙިރު 1446
12 ޑިސެންބަރު 2024