މަސައްކަތް
ނަންބަރު: H-2015/138
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 10:22
ސުންގަޑި: 21 ޖުލައި 2015 13:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އިންޖީނުގެތަކުގައި ބޭނުންކުރާ އަލިފާންނިވާ ފުޅިތައް އެއް އަހަރުދުވަހުގެ މުއްދަތަށް އަމިއްލަ ތަކެތީގައި ސަރވިސްކޮށް މެއިންޓެއިންކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނީގެ އޮފީސް ޢިމާރާތާއި އަދި މި ކުންފުނިން ހިންގަމުންގެންދާ އިންޖީނުގެތަކުގައި ބޭނުންކުރާ އަލިފާންނިވާ ފުޅިތައް އެއް އަހަރުދުވަހުގެ މުއްދަތަށް އަމިއްލަ ތަކެތީގައި ސަރވިސްކޮށް މެއިންޓެއިންކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 16 ޖުލައި 2015 (ބުރާސްފަތި) ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.                            

މި ޕްރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

އަގަށް: 85 ޕޮއިންޓް    

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 85

މުއްދަތު: 10 ޕޮއިންޓްސް

ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 10

ތަޖުރިބާ: 5 ޕޮއިންޓްސް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.                 

ހުށަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.

- މި މަސައްކަތަށް ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު:H-2015/138  

ބިޑް ހުޅުވުން.

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 21 ޖުލައި 2015 (ބުދަ) ދުވަހުގެ 13:00 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތައް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 21 ޖުލައި 2015 (ބުދަ) ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

26 ރަމަޟާން 1436

13 ޖުލައި 2015