ދިވެހިރާއްޖެ
އިޢުލާން
ޕޯސްޓްގެ ޚިދުމަތްދޭނެ އެޖެންޓެއް ހޯދުމާބެހޭ
މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ދ. ކުޑަހުވަދޫއަށް ތިރީގައިވާ ޕޯސްޓުގެ ޚިދުމަތްތައް ދެއްވާނެ އެޖެންޓެއް ބޭނުންވެއެވެ.
1. ރަށުގެ އެޑްރެސްތަކަށް ރައްދުކުރަންޖެހޭ ސިޓީ، ޕާރުސަލް ފަދަ ތަކެތި ރައްދުކުރުން.
2. ސިޓީ، ޕާރުސަލް ޕޯސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ދިނުން.
3. ރަށުގައި ޕޯސްޓް ކުރެވޭ ތަކެތީގެ ތެރެއިން ރަށް ފިޔަވައި އެހެން ތަންތަނަށް އެޑްރެސް ކުރެވިފައިވާ ތަކެތި ކުންފުނީގެ ހެޑްއޮފީހަށް ފޮނުވުން.
4. ޕޯސްޓް ކާރގޯގެ ގޮތުގާއި ލިބޭ އަދި ފޮނުވާ މުދަލާ ހަވާލުވެ، ފޮނުވުމާއި، ރައްދުކޮށްދިނުން.
5. ސްޓޭމްޕް ވިއްކުން.
6. ޕޯސްޓުން ފޯރުވައިދޭ އެހެނިހެން ޚިދުމަތް ފޯރުވައި ދިނުން.
އެޖެންޓްކަމަށް ހުށަހަޅުއްވާ ފަރާތުގެ ޝަރުޠުތައް.
- ވިޔަފާރިކުރާ ނުވަތަ ވިޔަފާރިކުރުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން. ނުވަތަ ރަށުގައި ޙަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ ކައުންސިލް ފަދަ އިދާރާއެއް ކަމުގައިވުން.
- ބޭންކް އެކައުންޓެއް އޮންނަ ފަރާތެއްކަމުގައިވުން
- ރަށު ކައުންސިލްތަކަށް އިސްކަންދެވޭނެއެވެ.
އުޖޫރަ.
މަހަކު -/500 ރުފިޔާ - (އޭޖެންސީ އުޖޫރަ )
އަދި މީގެ އިތުރުން ޚިދުމަތުގެ ކޮމިޝަން ލިބޭނެ.
ހުށަހަޅަންޖެހޭ ތަކެތި.
1. ކައުންސިލް އިދާރާއެއްނަމަ: ރަސްމީ ލެޓަރހެޑްގައި ހުށަހެޅުއްވުން.
2. ވިޔަފާރިކުރާ ފަރާތެއްނަމަ: ވިޔަފާރި ހުއްދަ ކޮޕީއާއި ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ.
3. ކްލަބް، ޖަމްޢިއްޔާ އަދި ކުންފުންޏެއްނަމަ: ރަޖިސްޓަރީގެ ކޮޕީ އަދި ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ.
މިކަމަށް ޝައުޤުވެރި ވެރިވަޑައިގަންނަވާ ފަރާތްތަކުން 20 ޖުލައި 2015 ވާ (ހޯމަ) ދުވަހު 16:00 ގެ ކުރިން ސިޓީފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ސިޓީއުރައިގެ ބޭރުގައި "އެޖެންޓް ކަމަށްއެދި" މިހެން ޖައްސަވަންވާނެއެވެ. މާލެއިން ނަމަ ސިޓީ ހުށަހަޅުއްވާނީ ޕޯސްޓް ބިލްޑިންގްގެ 3 ވަނަ ފްލޯރގެ އެޑްމިން ޑިޕާރޓްމަންޓްއަށެވެ. އަދި އަތޮޅު ތެރެއިން ނަމަ މިކުންފުނީގެ ފެކްސް ނަމްބަރ 3321559 އަށް ފެކްސް ކުރެއްވުން އެދެމެވެ.
މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިކުންފުނީގެ ފޯނު ނަންބަރު 3009166 އާ ގުޅުއްވުމުން އިތުރު މަޢުލޫމާތި ލިބިވަޑައި ގަންނަވާނެއެވެ.
26 ރަމަޟާން 1436