މަސައްކަތް
ނަންބަރު: GS206/IUL/2024/025
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 16 ޑިސެންބަރު 2024 11:00
ވާދޫ ޖަމާލުއްދީން ސްކޫލް، ގދ. ވާދޫ
ދިވެހިރާއްޖެ
ވާދޫ ޖަމާލުއްދީންގެ ގޯތިތެރޭގައި ގާ އަޅާ ކީ ވޯލް ރޭނުމުގެ މަސައްކަތް

ވާދޫ ޖަމާލުއްދީންގެ ގޯތިތެރޭގައި ގާ އަޅާ ކީ ވޯލް ރޭނުމުގެ މަސައްކަތް

                  އަމިއްލަ ތަކެތީގައި މި ސްކޫލުގެ ގޯތިތެރޭގައި ގާ އަޅާ ކީ ވޯލް ރޭނުމުގެ މަސައްކަތްކޮށްދެއްވާނެ  ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                  މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުމަށާއި މަސައްކަތކުރާ ސައިޓު ދެއްކުމަށް ބޭއްވޭ ބައްދަލުވުން 2024 ޑިސެންބަރު 16 ވާ ހޯމަ ދުވަހުގެ 11:00 ގައި ވާދޫ ޖަމާލުއްދީން ސްކޫލުގައި އޮންނާނެއެވެ.

                  ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން 18 ޑިސެމްބަރ 2024 ވާ ބުދަ ދުވަހުގެ 11:00 ގައި އޮންނާނެއެވެ.

                  އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މި ސްކޫލަށް ހުށަހަޅަންވާނެއެވެ.

                  މި ޢިއުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވެލައްވާ ނަމަ 15 ޑިސެމްބަރު 2024 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި ސްކޫލުގެ ނަންބަރ 7983084 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

12 ޑިސެންބަރު 2024