ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިނގަމުންދާ ލ. އަތޮޅު އެފްސީއެސްސީ ގެ ބީ.އޯ.ކިއު ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރުން
މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ލ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސަސް ސެންޓަރުގެ ބީ.އޯ.ކިއު ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)459-A/1/2015/58 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ނުލިބުމުގެ ސަބަބުން މި އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ޖުލައި 2015 ވާ ބުރާސްފަތި ދުވަހު 11:30 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޖުލައި 2015 ވާ ބުދަ ދުވަހު 11:30 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
26 ރަމަޟާން 1436