ބީލަން
ނަންބަރު: (IUL)325-ES/325/2024/75
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:50
ސުންގަޑި: 30 ޑިސެންބަރު 2024 13:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޯލްޓްރީ ފާރމް ތަރައްޤީކުރުމަށް ބިން ކުއްޔަށް ދޫކުރުން

              ޕޯލްޓްރީފާރމެއް ތަރައްޤިކުރުމަށްޓަކައި، މިރަށުގެ ދެކުނުފަރާތުން 6 ނަމްބަރުގޮނޑުދޮށުން ( އެލްޔޫޕީގައި ފާހަގަކުރެވިފައިވާ ސަރަޙައްދު )  50,000 ފަންސާސްހާސްއަކަފޫޓުގެ  ބިމެއް ކުއްޔަށް ދިނުމަށް ކުރި މިކައުންސިލްގެ ނަމްބަރ (IUL)325-ES/325/2024/65 ( 13 އޮކްޓޯބަރ 2024 ) އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ އެސްޓިމޭޓްތަކުގެ ބިމުކުލި އެކަށީގެންވާވަރަށްވުރެ ކުޑަކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް އަލުން ބީލަމުގެ އުޞޫލުން މިބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލުން އަރުވަމެވެ.

              މި ބިމުގެ ބީލަންފޮތް 12 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުންފެށިގެން 19 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9.00 ން 12.00 އާދެމެދު މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ފޮތެއްގެ އަގަކީ 1500.00 ( އެންހާސް ފައްސަތޭކަ ) ރުފިޔާއެވެ. އޮންލައިންކޮށް ބީލަންފޮތް ގަންނަން ބޭނުންވާ ފަރާތްތަކުން   https://forms.gle/fmNGnVD1vFXSyibW7މިލިންގައިވާ ގޫގުލް ފޯރމް ފުރިހަމަ ކުރުމަށްފަހު ސަބްމިޓްކުރުމުން ބީލަންފޮތް ގަނެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.

               މި ބީލަމާބެހޭ މުޢާމަލާތްތައް  ކުރިޔަށް ގެންދާނޭގޮތް  މިބީލަމުގެ ބީލަންފޮތުގައި ތަފްޞީލްކޮށް ބަޔާންކުރެވިފައިވާނެއެވެ. މިބީލަމުގެ ސުންގަޑި ހަމަވާނީ  30 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ  13:00 އެވެ.                        

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މައުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްގެ ޒަރީޢާއިން ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އީމެއިލް އެޑްރެސް[email protected]

ފޯން : 6600005

11 ޑިސެންބަރު 2024