މަސައްކަތް
ނަންބަރު: GS76/IUL/2024/19
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:40
ސުންގަޑި: 30 ޑިސެންބަރު 2024 11:10
ބާރަށު ސްކޫލް، ހއ. ބާރަށް
ދިވެހިރާއްޖެ
2025 ވަނައަހަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދަން

     01 ޖަނަވަރީ 2025 އިން ފެށިގެން 31 ޑިސެންބަރު 2025 އަށް މިސްކޫލްގެ ސެކިއުރިޓީ އައުޓްސޯސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

            ވީމާ، މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 11 ޑިސެންބަރު 2024 އިން 17 ޑިސެންބަރު 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިކަމަށް ބީލަން ހުށަހެޅޭނީ ރަޖިސްޓްރީ މި މުއްދަތުގައި ރަޖިސްޓްރީ ވާ ފަރާތްތަކަށް އެކަންނެވެ. ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 24 ޑިސެންބަރު 2024 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ސްކޫލަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ 11:10 އަށް މި ސްކޫލަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވެރިފަރާތުގެ ބަދަލުގައި ދުރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީ އާއި އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

            ބީލަން ހުށަހަޅަންވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި  "ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ޚިދުމަތް ދިނުމަށް އެދި"  މިހެން ލިޔެފައި އޮންނަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި ސްކޫލްގެ 6500027 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

11 ޑިސެންބަރު 2024