ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2024/241
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:39
ސުންގަޑި: 17 ޑިސެންބަރު 2024 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ

ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ސޮފްޓްވެއަރ އިންޖިނިއަރިންގ ޑިޕާޓްމަންޓް

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ (ޓެކް ސަޕޯޓް އިންޖިނިއަރ)

ބޭނުންވާ ޢަދަދު:

02

އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:

-/10,500ރ އާއި -/20,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  •  އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ތިރީގައިވާ ދާއިރާތަކުން ޕްރޮޕެޝަނަލް ސެޓިފިކޭޝަން ނުވަތަ ތަޖުރިބާ ޙާޞިލްކޮށްފައިވާ ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ:                ސީ.ސީ.އެން.އޭ / ސީ.ސީ.އެން.ޕީ / ޑެލް ނެޓްވޯރކިންގ / އެޗް.ޕީ.އީ ނެޓްވޯރކިންގ / ވީއެމްވެއަރ ނެޓްވޯކިންގ

ދާއިރާގެ މައިގަޑު މަސައްކަތް:

  • އައި.ޓީ ޓެކްނީޝަނުންނަށް މަސަތްކަތް ހަވާލުކުރުމާއި، މޮނިޓާރކުރުމާއި މެނޭޖްކުރުން.
  • ދުވަހުން ދުވަހަށް ހެލްޕްޑެސްކް އޮޕަރޭޝަނަލް އެކްޓިވިޓީސްތައް މޮނިޓަރކުރުމާއި ބެލެހެއްޓުން.
  • އައި.ޓީ ހާޑްވެއަރ އިކުޕްމެންޓްތަކަށް ޓެކްނިކަލް ސްޕެސިފިކޭޝަންސްތައް ތައްޔާރުކުރުން.
  • ކުންފުނީގެ ކޮމްޕިއުޓަރ ނެޓްވޯކްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުން.
  • ކުންފުނީގެ ޕީއޭބީއެކްސް ސިސްޓަމްތައް ކޮންފިގަރކޮށް ބެލެހެއްޓުން.
  • ކުންފުނީގެ ސީ.ސީ.ޓީ.ވީ ނެޓްވަރކް މެއިންޓެނެސްކޮށް ބެލެހެއްޓުން.
  • ކުންފުނީގެ ވޯކީޓޯކީ ރޭޑިއޯ ނެޓްވޯކްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުން.
    ކުންފުނީގެ މީޓިންގ ރޫމްތަކުގެ މަލްޓި މީޑިއާ އިކުއިޕްމަންޓްސް މޮނިޓަރކޮށް ބެލެހެއްޓުން.
  • ކުންފުނީގެ އައި.ޓީ އެސެޓް ސިސްޓަމް މޮނިޓަރކޮށް ބެލެހެއްޓުން.
  • އައި.ޓީ ޑިޕާޓްމަންޓުގެ ސަޕޯޓް ޔުނިޓްގެ ހަފްތާ/މަސް/އަހަރީ ރިޕޯޓްތައް ތައްޔާރުކުރުން.
  • އަދި މިނޫނަސް ދާއިރާއާ ގުޅުންހުރި ކުންފުންޏަށް މުހިންމު މަސައްކަތްތަކުގައި އެހީތެރިވުމާއި ޑިޕާޓްމަންޓުގެ ފަރާތުން ރާވާ ހިންގާ ކަންކަމުގައި އެއްބާރުލުން ދިނުން.

މަޤާމް:

އެސިސްޓަންޓް އިންޖިނިއަރ (ޔޫއައި/ޔޫއެކްސް ޑިވެލޮޕަރ – ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު:

01

މުއްދަތު

01 އަހަރު (މަސައްކަތުގެ ފެންވަރަށާއި ކުންފުނީގެ ބޭނުމަށް ބަލައި މުއްދަތު އިތުރު ކުރެވޭގޮތަށް)

މުސާރަ:  

މަސައްކަތު ތަޖުރިބާ އަދި ތައުލީމީ ފެންވަރު ބެލުމަށްފަހު ދެފަރާތް އެއްބަސްވާ ގޮތުގެމަތިން.

ފެންވަރު ނުވަތަ ޝަރުޠު: 

  • މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއެކު، ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަސައްކަތުގައި މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

 

  • ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ދާއިރާތަކަށް އަހުލުވެރި ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެއެވެ: 
  • ޔޫއައި / ޔޫއެކްސް ޑިޒައިން (UI/UX Design)
  • އެކްސެސިބަލް ޔޫއައި / ޔޫއެކްސް ޑިޒައިން
  • ގްރެފިކްސް ޑިޒައިން އަދި އެނިމޭޝަން
  • ސްކެޗް (Sketch)
  • ފިގްމާ (Figma)
  • އެޑޯބީ ކްރިއޭޓިވް ސުއިޓް (Adobe Creative Suite)
  • ސީ.އެސް.އެސް / އެސް.ސީ.އެސް.އެސް / އެސްއޭއެސްއެސް (CSS / SCSS SASS)
  • ޓެއިލްވިންޑް(Tailwind)
  • ރިއެކްޓް(React)
  • އެންގިއުލަރ(Angular)
  • ވިއު ޖޭއެސް(Vue.js)
  • ވެބް އެސެމްބްލީ (Wasm)
  • ޖޭއެސްއެކްސް (JSX)
  • ގިޓް (Git)

ދާއިރާގެ މައިގަޑު މަސައްކަތް: 

  • ޑެސްކްޓޮޕް އަދި ވެބް އެޕްލިކޭޝަންތަކަށް ބޭނުންވާ ޔޫސާ އިންޓަފޭސްތައް ފަރުމާކޮށް ތައްޔާރުކުރުން.
  • ވަޔަރފްރޭމް، ވިޝުއަލް އަދި ގްރެފިކް ޑިޒައިން، ފްލޯ ޑައިގްރާމް، ސްޓޯރީބޯޑް، ސައިޓް މެޕް، އަދި ޕްރޮޓޯޓައިޕް މެދުވެރިކޮށް ފެންވަރު ރަނގަޅު ޔޫއެކްސް ޑިޒައިން ސޮލިއުޝަންސް ތައްޔާރުކުރުން.
  • ޔޫ.އައި އެލިމަންޓްތައް ފަރުމާކޮށް، ތައްޔާރުކޮށް، ޓެސްޓްކުރުން.
  • އެޕްލިކޭޝަންތަކުގެ ފްރަންޓް-އެންޑް ޑިވެލޮޕްކުރުން.

މަޤާމް:

އެސިސްޓަންޓް އިންޖިނިއަރ (ފުލް ސްޓެކް ޑިވެލޮޕަރ – ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު:

01

މުއްދަތު

  • 01 އަހަރު (މަސައްކަތުގެ ފެންވަރަށާއި ކުންފުނީގެ ބޭނުމަށް ބަލައި މުއްދަތު އިތުރު ކުރެވޭގޮތަށް)

މުސާރަ:  

  • މަސައްކަތު ތަޖުރިބާ އަދި ތައުލީމީ ފެންވަރު ބެލުމަށްފަހު ދެފަރާތް އެއްބަސްވާ ގޮތުގެމަތިން.

ފެންވަރު ނުވަތަ ޝަރުޠު: 

  • މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއެކު، ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަސައްކަތުގައި މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 
  • ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ، އަދި މިނޫންވެސް ޒަމާނީ ޕްރޮގްރާމިންގ ލެންގުއޭޖް، ފްރޭމްވޯރކް، އަދި ދާއިރާތަކަށް އަހުލުވެރި ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެއެވެ: 
  • ވިއު ޖޭއެސް(Vue.js)   
  • ރިއެކްޓް(React)    
  • ރަސްޓް (Rust)
  • ޓައިޕް ސްކްރިޕްޓް TypeScript))
  • ޖާވާ ސްކްރިޕްޓް (JavaScript)
  • އެންގިއުލަރ(Angular)
  • ސުވިފްޓް (Swift)
  • އޭއެސްޕޯ. ނެޓް (ASP.Net)
  • ސީޝާޕް(C#)
  • ޖާވާ (Java)
  • ކޮޓްލިން (Kotlin)
  • އެމްއެސް އެސްކިއުއެލް (MSSQL)
  • ޕޮސްޓްގްރެ އެސްކިއުއެލް (PostgreSQL)
  • ގިޓް (Git)

ދާއިރާގެ މައިގަޑު މަސައްކަތް: 

  • ވެބް، މޯބައިލް، އަދި ޑެސްކްޓޮޕް އެޕްލިކޭޝަންތައް ޑިވެލޮޕްކުރުން.
  • އެޕްލިކޭޝަންތަކުގެ ޔޫޒަރ އިންޓަރެކްޝަންތައް/އިންޓަރފޭސްތައް ފަރުމާކުރުން.
  • އެޕްލިކޭޝަންތަކުގެ ބެކް-އެންޑް ޑިވެލޮޕްކުރުން.
  • އެޕްލިކޭޝަންތަކުގެ ފްރަންޓް-އެންޑް ޑިވެލޮޕްކުރުން.
  • ވެބް އޭޕީއައި އެޕްލިކޭޝަން ޑިވެލޮޕްކުރުން.
  • އެޕްލިކޭޝަންތަކަށް ބޭނުންވާ ޑޭޓާބޭސް ފަރުމާކޮށް ގާއިމުކުރުން.
  • ވެބް އެޕްލިކޭޝަންތަކަށް ބޭނުންވާ ސާވާ ސިސްޓަމްތައް ސެޓަޕްކޮށް ބެލެހެއްޓުން. 
  • އެޕްލިކޭޝަންތަކުގެ އޮތެންޓިކޭޝަން އަދި އެކްސެސް ކޮންޓްރޯލްއަށް ބޭނުންވާ ސިސްޓަމްތައް ފަރުމާކޮށް ޑިވެލޮޕްކުރުން ނުވަތަ ތާޑް ޕާޓީ ސިސްޓަމްތަކާ އިންޓަގްރޭޓްކުރުން. 

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

17 ޑިސެންބަރު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 17 ޑިސެންބަރު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މި މަޤާމްތަކަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ނުވަތަ ޝަރުތު ހަމަވެ ޝޯޓްލިސްޓް ވާ ފަރާތްތަކާއި އިންޓަވިއުކޮށް ޝޯޓްލިސްޓް ވި ފަރާތްތަކުގެ ތެރޭގައި ވަޒީފާއަށް އެކަށީގެންވާ ފަރާތެއް ނެތް ނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.

10 ޖުމާދަލްއާޙިރު 1446                                                      11 ޑިސެންބަރު 2024

11 ޑިސެންބަރު 2024