ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ (ވަގުތީ) |
|||
ބޭނުންވާ އަދަދު: |
1 (އެކެއް) |
|||
މުސާރަ: |
މަހަކު -/4,465 ރުފިޔާ |
|||
ސަރވިސް އެލަވަންސް: |
މަހަކު -/1,500 ރުފިޔާ |
|||
އޮފީސް: |
ނ. އަތޮޅު ކައުންސިލްގެ އިދާރާ |
|||
ސެކްޝަން / ޔުނިޓް: |
އެޑްމިން، އެޗް. އާރް އެންޑް އިންފޮރމޭޝަން |
|||
ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
|||
ރޭންކް: |
ޖީ. އެސް. 3 |
|||
ކޮންޓްރެކްޓް ކުރެވޭ މުއްދަތު: |
ކޮންޓްރެކްޓް ކުރެވުނު މުއްދަތު ހަމަވުމާ ހަމައަށް. |
|||
އުޖޫރައާއި ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|||
މަޤާމުގެ ޝަރުޠު: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
|||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
|||
މަޤާމުގެ މަސްއޫލިއްޔަތު: |
- ރަށު ކައުންސިލް އިދާރާތަކަށާއި، އެހެނިހެން އިދާރާތަކަށް ފޮނުވުމަށް ލިބޭ ތަކެތި ބަލައިގަނެ، ދުވަހުން ދުވަހަށް ފޮނުވުން. - ޔުނިޓުގެ އިދާރީ މަސައްކަތާ ގުޅޭ ފޮތްތައް ލިޔެ ބެލެހެއްޓުން. - ޔުނިޓަށް ލިބޭ ލިޔުންތަކާ ހަވާލުވެ، ސެކްޝަން/ ޔުނިޓް ހެޑްގެ މަޝްވަރާގެމަތިން އަޅަންޖެހޭ ފިޔަވަޅު އެޅުން. - ކައުންސިލް އިދާރާގެ މެއިލް ޗެކްކުރުމާއި، މެއިލްކުރުމާއި، ފެކްސްކުރަންޖެހޭ ތަކެތި ފެކްސްކުރުން. - ސަރުކާރުގެ އެކިއިދާރާތަކުން ހޯދަން ބޭނުންވާ އިދާރީ މަޢުލޫމާތު ރަށްރަށުން ހޯދުމާއި، ފޯރުކޮށްދިނުން. - އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންޓަރަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދިނުމާއި، މަޢުލޫމާތު ސާފުކޮށްދިނުން. - ކުއްލި ޙާލަތްތަކުގައި ވަގުތުން ވަގުތަށް އަތޮޅާއި ރަށުފެންވަރުގައި އެއްކުރަންޖެހޭ އިމަޖެންސީ މަޢުލޫމާތު ހޯދުމާއި، އެކަމާބެހޭ ލިޔުންތައް ލިޔެ ބެލެހެއްޓުން. - ސެކްޝަން/ ޔުނިޓުގެ މަސައްކަތާ ގުޅިގެން ރަށު ކައުންސިލް އިދާރާތަކުން ހޯދަންޖެހޭ އިދާރީ މަޢުލޫމާތު ހޯދުން. - އިދާރާގެ ފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތު، ވާކްޝޮޕްފަދަ ކަންކަމާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި، އިންތިޒާމުތައް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން. - ޢާއްމުޞިއްޙަތާ ބެހޭގޮތުން އަތޮޅު ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން. - ސެކްޝަން/ ޔުނިޓުން ލިޔަންޖެހޭ ސިޓީ،މެސެޖްފަދަ އިދާރީ ލިޔުންތައް ލިޔުމާއި، ފައިލްކުރުން. - ޔުނިޓުގެ ޔައުމިއްޔާ ނޯޓާއި، އިދާރާގެ ޔައުމިއްޔާ، ޔުނިޓުގެ މައްސަލަ ރަޖިސްޓްރީ ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން. އިދާރާއިން ކުރާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. |
|||
ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: |
|
|||
ސުންގަޑި: |
މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 ޖުލައި 22 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މި އިދާރާއަށް ހުށަހެޅުން އެދެން. |
|||
އިންޓަވިއު: |
މި މަޤާމަށް ކުރިމަތިލާ މީހުންގެ އަދަދު 10 އަށްވުރެ ގިނަނަމަ، ޝަރުޠު ފުރިހަމަވާ މީހުން ޝޯޓްލިސްޓް ކުރުމަށްފަހު (ޝޯޓްލިސްޓް ކުރުމުގައި ބަލާނީ ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ މައްޗަށެވެ.) ހޮވޭ ފަރާތްތަކާ އިންޓަވިއުކުރުން، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. މި މުއްދަތުގައި އިންޓަވިއު ނުބޭއްވޭނަމަ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެކަން އެންގޭނެއެވެ. އިންޓަރވިއު ބޭއްވޭނީ، މި އިދާރާގައެވެ. |
|||
އިތުރު މަޢުލޫމާތު: | މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560028 ނަންބަރު ފޯނާއެވެ. | |||
21 ރަމޟާން 1436 |