ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)414-1/414/2024/121
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 01 ޖަނަވަރީ 2025 13:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުންގެ ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު

 

އިމާމުންގެ ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު

މިރަށު މިސްކިތުގައ މަސައްކަތްކުރައްވަމުން ގެންދަވާ އިމާމު / މުދިމް ސަލާމް ނުވަތަ ޗުއްޓީ ނެންގެވުމުން ނުވަތަ ވަޒީފާއިން ވަކިވުމުން އެމަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް ނަގާ މުއްދަތުގައި، ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން މަސައްކަތްކުރުމަށް އެކުލަވާލެވޭ ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން މިސްކިތު ޕޫލްގައި ރަޖިސްޓްރީވުމަށް އެދި އައި.ޑީކާޑުގެ ކޮޕީއާއި ލިބިފައިވާ ސަނަދުތަކުގެ ކޮޕީއާއިއެކު، "މިސްކިތު ޕޫލްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު 01 ޖަނަވަރީ 2025 ވާ ބުދަ ދުވަހުގެ 13:00 މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މަޤާމުގެ މުއްދަތު:  އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 31 ޑިސެމްބަރ  2025 އަށް

މަޤާމްގެ ޝަރުޠާއި މުސާރަ:

#

މަޤާމް

ވަޒީފާގެ ޝަރުޠު

އުޖޫރަ ދެވޭ ގޮތް

1

އިމާމް

މުދިމްކަމުގެ ސަނަދެއް ލިބިފައިވުން ނުވަތަ ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ ދީނީދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 03 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

61.00 (ފަސްދޮޅަސް އެއް ރުފިޔާ) ނިކުންނަވާ ކޮންމެ ނަމާދު ވަގުތަކަށް

 

2

މުދިމް

ޤުރްއާން ރީއްޗަށް ކިޔަވަން އެގުން. ބަންގި ގޮވުމާއި، ނަމާދުކުރަން އިގޭ ފަރާތަކަށްވުން.

53.00 (ފަންސާސް ތިން ރުފިޔާ)

ނިކުންނަވާ ކޮންމެ ނަމާދު ވަގުތަކަށް

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު  6820020އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ، ކުރައްވާނީ info@kanduhulhudhoo.gov.mv ށެވެ.

11 ޑިސެންބަރު 2024