މަސައްކަތް
ނަންބަރު: (IUL)252/252/2024/121
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 17 ޑިސެންބަރު 2024 14:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުގައި ފެންވަޅެއް ބަހައްޓައި، ފެންވަޔަރު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ނަމްބަރ:(IUL)252/252/2024/121

 

އިއުލާން

 

ބަނދަރު ސަރަހައްދުގައި ފެންވަޅެއް ބަހައްޓައި، ފެންވަޔަރު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

              މިކައުންސިލުގެ ނަންބަރ: (IUL)252/252/2024/114 (25 ނޮވެމްބަރ 2024) ގެ ޢިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގު ބޮޑު ކަމަށް ފެންނާތީވެ، އެ ޢިއުލާން ބާޠިލްކޮށް، މިރަށުގެ ބަނދަރު ސަރަހައްދުގައި ފެންވަޅެއް ބަހައްޓައި، ބަނދަރު ސަރަހައްދަށް ފެންވަޔަރު އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

                 ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވައި، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށައެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމާއިބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

 

                 ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

 

ގޫގުލްފޯމްލިންކް: https://docs.google.com/forms/d/e/1FAIpQLSeZw3RCpT2XVaWNV-S2VX2vvVkmAsGRqPC8q_Y19vpeZQMETw/viewform?usp=pp_url

 

 

            

ބީލަން ރަޖިސްޓްރީ ކުރުން

17 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 14:00 ގެކުރިން

ޕްރީ- ބިޑް ބައްދަލުވުން

ބޭއްވުމަށް ހަމަޖެހިފައެއް ނުވޭ

ބީލަން ބަލައިގަތުން

19 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގެކުރިން

ބީލަންތައް ހުޅުވުން

19 ޑިސެމްބަރ 2024 ވަނަދުވަހުގެ 13:05ގައި ހއ. ފިއްލަދޫ ކައުންސިލް އިދާރާގައި

 

 

   ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ: 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

10 ޖުމާދަލްއާޙިރު 1446

11 ޑިސެމްބަރ 2024

11 ޑިސެންބަރު 2024