ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAFA/248/2024/124
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 18 ޑިސެންބަރު 2024 13:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ސާފުކުރުން

މިރަށު މަގުތަކަށް އަރައިގެން ކޮންމެހެން ކަނޑަށް ޖެހޭ  ބައެއް ރުއްގަސް ނަގަންޖެހޭތީ، އެރުއްގަހުގެ ވެރިން ސާފުކުރުމަށް ވަނީ ބޭނުންވެފައެވެ. މިގޮތުން އެ ސަރަހައްދުން ކަނޑަން ބޭނުންވާ ރުއްގަހުގައި މަޑުނޫ ކުލައިން ރަސްގެ (×) ޖަހާފައި ހުންނާނެއެވެ.

ކަނޑަށް ޖެހޭ ރުއަގަހުގެ ނަމްބަރުތައް ހުންނާނީ ތިލޭރު ހިގުމުން ފެށިގެން ( ކާފަ މާމަ މައިޒާނު މަގު )  ޔޫތުސެންޓަރ މަގާ ހަމައަށް 01 ން 64 އަށް

ކަނޑަށް ޖެހޭ ރުއަގަހުގެ ނަމްބަރުތައް ސިނާއީމަގުން ( ހަނދުވަރީ ނާޒް ގެއާއި ހަމައަށް ) ކަނޑަށް ޖެހޭ ރުއްގަހުގައި 01 ން 10 އަށް

މަލްވާ ގޯޅި ދިލްސާދު ހިންގުމުން ވިއްސާރަވެ އެސަރަހައްދުގައި ފެންބޮޑުވެގެން ކަނޑާފައިވާ 07 ރުކުގެ ވެރިން

 

ވީމާ އެރުއްގަހުގެ ވެރިން މި އިދާރާއަށް ދުރުވެ މި އިދާރާއިން އެރުއްގަހަށް ދީފައިވާ ނަންބަރު ނޯޓު ކުރެއްވުމަށް ދަންނަވަމެވެ. ރުއްގަހުގެ ވެރިފަރާތުން ރުއްގަހުގައި ޖަހާފައިވާ ނަންބަރު ނޯޓް ކުރުމަށް ދުރުވާއިރު އެރުއްގަހުގެ ރަޖިސްޓަރީ ނަންބަރު ގެންނަވަން ޖެހޭނެއެވެ. އަދި 2024 ޑިސެމްބަރ 18 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވެރިޔަކު ނުވެ ހުންނަ ރުއްގަސް ޤާނޫނު ނަމްބަރ 21/98 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ރުއްގަސް ކަމުގައި ބަލައި އެރުއްގަސް ކަނޑާލެވޭނެ ވާހަކަ ދެންނެވީމެވެ.

 

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ޑިސެންބަރު 2024