ބީލަން
ނަންބަރު: (IUL)225-CA/225/2024/78
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:35
ސުންގަޑި: 23 ޑިސެންބަރު 2024 11:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އަތޮޅު ސްޓޭޓް ހައުސް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 22 ޑިސެންބަރު 2024 15:34 ގައި ބާތިލް ކުރެވިފައެވެ.


  1. ހއ. އަތޮޅު ސްޓޭޓް ހައުސް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ވީމާ، ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

https://forms.office.com/r/xGEkPvLDWA?origin=lprLink

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް، 16 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ 23:59 ގެ ކުރިންނެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

  • ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 17 ޑިސެންބަރު 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 ގައި ހއ.އަތޮޅު ކައުންސިލްގެ އިދާރާގައެވެ. މިބައްދަލުވުމުގައި ބައިވެރިވުމަކީ ލާޒިމުކަމެކެވެ.މި ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވީނަމަވެސް، މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްކަށް ބީލަން ހުށަނޭޅޭނެއެވެ.

މަޢުލޫމާތު ދިނުން

  • ބީލަމާ ގުޅިގެން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް އަދި ބީ.އޯ.ކިޔު މި މިކައުންސިލްގެ ވެބްސައިޓް:www.halifatoll.gov.mv   އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  • މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  • ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އީމެއިލް އެޑްރެސް: [email protected]  

ފޯން ނަންބަރު:    6500347

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 2024 ޑިސެންބަރު 23 ވަނަ ދުވަހުގެ 11:00 ގައި މި ކައުންސިލް އިދާރާގައެވެ.
  • ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. 
  • ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
11 ޑިސެންބަރު 2024