ކުއްޔަށް ދިނުން
ނަންބަރު: (IUL)353/353/2024/111
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 23:20
ސުންގަޑި: 08 ޖަނަވަރީ 2025 13:00
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިގު މުއްދަތަށް 2 ބިން ކުއްޔަށް ދޫކުރުމާބެހޭ

 ނަންބަރު: 353/353/2024/111(IUL)

އިޢުލާން

ދިގު މުއްދަތަށް 2 ބިން ކުއްޔަށް ދޫކުރުމާބެހޭ

މިރަށުގެ ލޭންޑްޔޫސް ޕްލޭންގައި ފަތުރުވެރިކަމަށް ދޫކުރުމަށް ކަނޑަ އަޅާފައިވާ ބިން ތަކުގެ ތެރެއިން 02 ބިން ދިގުމުއްދަތަށް ކުއްޔަށް ދޫކުރަން ބޭނުންވެއެވެ. މިގޮތުން ދޫކުރާ ފުރަތަމަ ބިމަކީ މިރަށު ކެތި ގޯއްޗާއި އިންވެގެން އުތުރަށް އޮތް 2000 އަކަފޫޓުގެ " ކުރެދި " ބިމެވެ. ( ޗާޓުން ފާހަގަ ކޮށްފައި) 2 ވަނަ ބިމަކީ މިރަށު އަރުތަ ގޯތީގެ ދެކުނުން އިންވެގެން އޮތް 3000 އަކަފޫޓުގެ "ހަލަވެލި" ބިމެވެ. (ޗާޓުން ފާހަގަ ކޮށްފައި). ދެ ބިމުގެ ތެރެއިން " ކުރެދި " ބިން ކުއްޔަށް ހިފުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކުން ބިޑު ފޯރމް ހުށަހަޅާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި 20،000ރ. (ވިހިހާސް ރުފިޔާ) ދައްކަން ޖެހޭނެއެވެ. އަދި " ހަލަވެލި " ބިން ކުއްޔަށް ހިފުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކުން ބިޑު ސެކިއުރިޓީގެ ގޮތުގައި 24،000ރ. ( ސައުވީސްހާސް ރުފިޔާ) ކައުންސިލަށް ދައްކަން ޖެހޭނެއެވެ.

ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ކުއްޔަށް ހިފަން ބޭނުންވާ ކޮންމެ ބިމަކަށް ވަކިން ރަޖިސްޓްރީކޮށް، ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ކޮންމެ ބިމަކަށް 2000ރ. (ދެހާސް ރުފިޔާ) ކައުންސިލަށް ދައްކަން ޖެހޭނެއެވެ. ރަޖިސްޓްރޭޝަން ފެށޭނީ 10 ޑިސެމްބަރު 2024 ވާ އަންގާރަ ދުވަހު އެވެ. އަދި ރަޖިސްޓްރޭޝަން ނިމޭނީ 05 ޖެނުއަރީ 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގައެވެ.

ބިންތައް ކުއްޔަށް ހިފުމަށް ރަޖިސްޓްރީވާން ބޭނުންފުޅުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވަގުތުގައި ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ ކައުންސިލްގެ އީ.މެއިލް[email protected]  އަށް އީ.މެއިލް އިން ހުށަހަޅައިގެންވެސް ރަޖިސްޓަރީ ކުރެވިދާނެއެވެ. މިގޮތުން އީ.މެއިލް ފޮނުއްވައިގެން ރަޖިސްޓަރީވާ ފަރާތްތަކުން ކައުންސިލްގެ ޢާމްދަނީ އެކައުންޓް ނަންބަރު 7722700347001 ( 1398 Revenue1 ) އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ފައިސާ ދެއްކި ރަސީދު ކައުންސިލްގެ ހޮޓްލައިން 9593939 އަށް ވައިބަރ ކުރުމުން ބިޑް ފޯރމާއި މަޢުލޫމާތު ފޯރމް އެފަރާތަކަށްފޮނުވޭނެއެވެ.

ބިންތައް ކުއްޔަށް ދިނުމާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 15 ޑިސެންބަރު 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށްވެސް ބިޑް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.

 ބިޑް ހުށަހެޅުމުގެ ސުންގަޑި އަކީ 08 ޖެނުއަރީ 2025 ވާ ބުދަ ދުވަހުގެ 13:00 އެވެ. ބިޑް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 08 ޖެނުއަރީ 2025 ވަނަ ދުވަހުގެ 13:00 އަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ކައުންސިލްގެ ރަސްމީ އީ.މެއިލް[email protected]   އަށް މެއިލް ކޮށްގެންވެސް ބިޑް ހުށަހެޅިދާނެއެވެ. އިތުރު މާއުލޫމާތު ހޯއްދެވުމަށް ކައުންސިލްގެ ހޮޓްލައިން ނަންބަރު: 9593939 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

 

10 ޑިސެންބަރު 2024