މަޤާމް
|
ރިސެޕްޝަނިސްޓް
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
ރޭންކް: GS3
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
ޑިވިޜަން/ ސެކްޝަން
|
އޭ - ސެކްޝަން
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ފ. ބިލެއްދޫ ޞިއްޙީ މަރުކަޒު
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޞިއްޙީ މަރުކަޒަށް ޚިދުމަތްހޯދަން އަންނަ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ހައްދަންޖެހޭ ބިލް ހައްދައި، ރިސެޕްޝަންގައި ކުރަންޖެހޭ އާސަންދައިގެ އެންމެހާ މަސައްކަތްކުރުން.
- ބަލިމީހުންގެ ރެޖިސްޓްރޭޝަންގެ ހުރިހައި މަސައްކަތެއް ކުރުމުގައި އެހީތެރިވެދިނުން.
- ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުން ފައިސާ ދައްކަންޖެހިއްޖެ ޙާލަތެއްގައި ފައިސާބަލައިގަނެ، ކަމާގުޅޭ މުވައްޒަފުންނަށް ފައިސާ ހަވާލުކުރުން.
- ޞިއްޙީ މަރުކަޒަށް ޚިދުމަތް ހޯދުމަށް ފޯނުން ނުވަތަ އެހެންގޮތަކުންވެސް މުޢާމަލާތްކުރާ ފަރާތްތަކަށް އަދަބުވެރިކަމާއެކު މުޢާމަލާތް ކުރުމާއި، އެހީތެރިވުމާއި، ކަންކަން އޮންނަ ރަނގަޅުގޮތް ސާފުކޮށް ބުނެދިނުން.
- ރަސްމީ މަސައްކަތު ގަޑީގައްޔާއި، ނުރަސްމީ ގަޑީގައި ހަމަޖެހިފައިވާ އުސޫލުން ޞިއްޙީ މަރުކަޒު ހުޅުވުން.
- ޞިއްޙީ މަރުކަޒަށް ލިބޭތަކެތި ބަލައިގަތުމާއި، އެންޓްރީކޮށް، ހަމަޖެހިފައިވާ އުސޫލުގެމަތިން ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
- ތަރުޖަމާނަކު ނެތްނަމަ، ޑޮކްޓަރ ކޮޓަރީގައި ބަލިމީހުންބެލުމަށް އެހީތެރިވެދިނުމާއި، ބަލިމީހުންނަށް ދޫކުރާ ލިޔުންތަކުގެ ތެރެއިން ރިފަރަލް، މެޑިކޯ ލީގަލްފަދަ ލިޔުންތައް ތައްޔާރުކުރުން.
- ޞިއްޙީ މަރުކަޒުން އިންތިޒާމުކުރާ މުނާސަބަތުތަކާއި، ރާވައި ހިންގާ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
|
ތަޢުލީމާއި ތަޖުރިބާ
|
1- ޖާރނަލިޒަމް، ޕަބްލިކް ރިލޭސަން، ފޮރިން ރިލޭޝަން، އިންފޮމޭސަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމެންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޖާރނަލިޒަމް، ޕަބްލިކް ރިލޭސަން ފޮރިން ރިލޭޝަން، އިންފޮމޭސަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމެންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
|
ޢިނާޔަތްތައް
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
- ހަމަޖެހިފައިވާ އުސޫލުން ރިސްކު އެލަވަންސް
- ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ ޢިނާޔަތް
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
2015 ޖުލައި 23 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މިމަރުކަޒުގެ އޮފީހަށް.
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން
|
2015 އޮގަސްޓުމަހުގެ ފުރަމަތަ ހަފުތާގެތެރޭގައި މި މަރުކަޒުގެ އޮފީހުގައި.
ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓްކޮށް އެފަރާތްތަކަށް އެންގޭނެއެވެ. ވީމާ، މި މުއްދަތުގެ ތެރޭގައި އިންޓަވިއުއަށް ހާޒިރުވެވޭގޮތަށް ތައްޔާރުވެތިބުމަށް ސަމާލުކަންދިނުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރަން ގުޅާނީ، މި މަރުކަޒުގެ 7902156 ނަންބަރު ފޯނަށެވެ.
|