ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)445-CO/445/2015/38
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 15:22
ސުންގަޑި: 13 ޖުލައި 2015 15:00
ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މަސައްކަތު

ރޭންކް:

އެސް. އެސް. 1

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް / އިދާރާ:

ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާ

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލެވަންސް:

1000.00 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު: 

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ކޮންމެ ދުވަހަކުވެސް، ކައުންސިލުން ހަމަޖައްސާގޮތެއްގެމަތިން އޮފީހުގެ އެތެރެއާއި އޮފީހުގައި ހިފައިގެންގުޅޭ ތަކެތި ސާފުކުރުން.
  • އޮފީހުގެ ގޯތިތެރޭގައި ގަސްއިންދައި، ގޯތިތެރެ ފެހިކުރުމަށް މަސައްކަތްކުރުން.
  • އޮފީހުގެ ގޯތިތެރެއާއި، އޮފީހާ ގުޅިފައިވާ މަގުން ވިނަނޮޅައިސާފުކޮށް ބެލެހެއްޓުން.
  • އޮފީހުން ހަވާލުކުރެވޭ ތަކެތި ދުވަހުން ދުވަހަށް ހަވާލުކުރުމާއި، އިޢުލާންފަދަ ތަކެތި ބަހައްޓަންޖެހޭ ތަންތާނގައި ބެހެއްޓުން.
  • އެކިފަރާތްތަކަށް ކޮންޓްރެކްޓް އުޞޫލުން ހަވާލުކުރެވިގެން ސާފުކުރަމުންދާ ސަރަޙައްދުތައް ފިޔަވައި އޮފީހުން އަންގާގޮތަކަށް އަވަށުގެ ސަރަޙައްދުގެ ގޭގެއާއި ގުޅިފައިވާ މަގުތަކުން ވިނަނޮޅުމަށް ގޯތިތަކުގެ ވެރިންނަށް އަންގައި، އެފަދަ ތަންތާނގެ މަޢުލޫމާތު ކައުންސިލަށް ދިނުން.
  • ހިނގާމީހުންނާއި ދުއްވާތަކެއްޗަށް އުނދަގޫވާގޮތަށް ހުންނަ ގޮފިތައް، ގަސްގަހުގެ ވެރިންނާ ވާހަކަދައްކައިގެން ކޮށުން.
  • ނުރަސްމީ ގަނޑިތަކުގައި ރަށުތެރޭގައި ހިނގާ ގަވާއިދާ ޚިލާފް ކަންތައްތަކުގެ މަޢުލޫމާތު ކައުންސިލަރުންނަށް ދިނުން.
  • އެކިއެކި މުނާސަބަތުތަކާ ގުޅިގެން ރަށުތެރޭގައި ހިންގާ ރަސްމީ ހަރަކާތްތަކުގައި، އިދާރާއިން އަންގާ ކަންތައްތައް ކުރުން
  • އިދާރާއިން އަންގާގޮތެއްގެމަތީން މަސްރިޕޯޓް ނެގުން.
  • އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 ޖުލައި 13 ވާ ހޯމަ ދުވަހު މެންދުރުފަހު 15:00 ގެ ކުރިން ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާއަށް.

އުޖޫރައާއި ޢިނާޔަތްތައް:

މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
  • ވަޒީފާގެޝަރުޠުހަމަވުން (ކަނޑައެޅިފައިވާއިންސައްތަ: % 11)
  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
  • އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ: %43)
އިންޓަވިއު އާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6865079 ނަންބަރު ފޯނާއެވެ.

15 ރަމަޟާން 1436

02 ޖުލައި 2015