ދިވެހިރާއްޖެ
މިކޯޓްގެ ނަންބަރު ޤަޟިއްޔާ: 2024-O6C-CIV-189 ޤަޟިއްޔާ(އިޙްތިލާފެއް ނެތް ބާވަތުގެ ޢާންމު މައްސަލަތައް ހުށަހަޅާ ފޯމު)އާ ގުޅިގެން ވަކި ވަގުތަކަށް ކޯޓަށް ހާޒިރުވުމަށް ދައުވާލިބޭ ފަރާތަށް އެންގުން، ގައިރު ހާޒިރުގައި މައްސަލަ ކުރިއަށްގެންދެވޭނެކަން އެންގުން:
ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 409 ވަނަ މާއްދާގެ (ނ)ގައިވާ ގޮތަށް މުޢާމަލާތްކުރެވި ކޯޓަށް ޙާޟިރުވުމަށް ތަކުރާރުކޮށް އަންގައި އަމުރުކުރެވި ކޯޓަށް ޙާޟިރުވެފައިވާ ފަރާތަކަށް ނުވާތީ، އެ މާއްދާގެ (ޅ)ގައިވާ ގޮތުގެމަތިން އެ ލިޔެކިޔުންތަކާއި ޙަވާލުވުމަށް ސިވިލް ކޯޓަށް 08 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 09:00އަށް ޙާޟިރުވުމަށް ދަޢުވާލިބޭ މ.ސެވޯއީ / ކ.މާލެ، ޢަލީ ރިޔާޟް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު A072741)އަށް އަންގައި އަމުރުގެ ރަތް ނޯޓިހެއް އެފަރާތުގެ ދާއިމީ އެޑްރެހުގައި ހަރުކޮށް އެފަރާތުން އެ އަމުރުގައިވާ ގަޑިއަށް ޙާޟިރުވެ ލިޔެކިޔުންތަކާއި ހަވާލުވެފައިނުވާތީ، ޙަވާލާދެވުނު މާއްދާގެ (ކ)ގައިވާ ގޮތުގެމަތިން އެ ޤަޟިއްޔާގެ ލިޔެކިޔުންތަކާއި ހަވާލުވުމަށް 12 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 09:00އަށް ޙާޟިރުވުމަށް އަންގައި، އެތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރުނުވެއްޖެނަމަ ޙަވާލާދެވުނު މާއްދާގެ (އ)ގައިވާ ގޮތުގެމަތިން ގައިރު ހާޒިރުގައި މައްސަލަ ކުރިއަށްގެންދެވޭނެކަމުގައިވެސް އަންގައި އިޢުލާނު ކުރަމެވެ.