ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
| 
 މަގާމުގެ ނަން:  | 
 ޑެޕިއުޓީ ޑިރެކްޓަރ  | 
| 
 ރޭންކް:  | 
 އެމް.އެސް 4  | 
| 
 އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:  | 
 ކެބިނެޓް އޮފީސް/ ކެބިނެޓް ސެކްރެޓޭރިއެޓް/ އިކޮނޮމިކް ކައުންސިލް  | 
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 އަސާސީ މުސާރަ:  | 
 7,875.00 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް:  | 
 2,000.00 ރުފިޔާ  | 
| 
 އެކްސްކްލޫސިވް ޖޮބް އެލަވަންސް:  | 
 3,543.75 ރުފިޔާ (އަސާސީ މުސާރައިގެ %45)  | 
| 
 ލިވިންގ އެލަވަންސް:  | 
 2,500.00 ރުފިޔާ  | 
| 
 މަގާމުގެ ޝަރުޠު:  | 
 - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގްރީ/ އެޑްވާންސްޑް ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕްލޮމާ)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  | 
| 
 މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:  | 
 - އިކޮނޮމިކް ކައުންސިލުގެ ބައްދަލުވުންތައް އިންތިޒާމުކޮށް، ކައުންސިލަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން. - އިކޮނޮމިކް ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކުރުން. - އިކޮނޮމިކް ކައުންސިލުން ނިންމާ ނިންމުންތަކާއި ފޮނުވާ ސިޓީތައް ކަމާބެހޭ އިދާރާތަކަށް ފޮނުވުން. އަދި އެ ސިޓީތައް ރައީސް އޮފީހުގެ ކަމާބެހޭ އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަންތަކާ ހިއްސާކުރުން. - އިކޮނޮމިކް ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރަމުންދާގޮތް ބެލުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުން. - އިކޮނޮމިކް ކައުންސިލްގެ ނިންމުންތަކުގެ ސްޓޭޓަސް ހޯދުމަށް ކަމޭބެހޭ އޮފީސްތަކަށް، އެ އޮފީހަކާ ގުޅޭ މައްސަލަތަކުގެ އަޕްޑޭޓްސް ހޯދައި ބެލެހެއްޓުން. - އިކޮނޮމިކް ކައުންސިލް އާގުޅޭ އެކިއެކި ސަބް-ކޮމެޓީތަކުގެ ބައްދަލުވުންތައް އިންތިޒާމުކޮށް، އެ ކޮމެޓީތަކުގެ ބައްދަލުވުން ބޭއްވުމަށް ކުރަންޖެހޭ ކަންކަން ކުރުން. - އިކޮނޮމިކް ކައުންސިލް އަދި އިކޮނޮމިކް ކައުންސިލް އާގުޅޭ ކޮމިޓީ ބައްދަލުވުންތަކުގައި މަޝްވަރާކުރެވޭ ކަންކަމުގެ ރިޕޯޓް ތައްޔާރުކޮށް، ކުރަންޖެހޭ ކަންކަން ކުރުން. - އިކޮނޮމިކް ކައުންސިލުގެ ބައްދަލުވުންތަކާ ގުޅޭ ލިޔެކިޔުންތައް ރަޖިސްޓްރީން ކަނޑައި، ފައިލްކުރުން. - ކެބިނެޓް އޮފީހުގެ އަހަރީ ރިޕޯޓުގައި ހިމެނުމަށް ބޭނުންވާ އިކޮނޮމިކް ކައުންސިލްއާ ގުޅޭ މަޢުލޫމާތު ތައްޔާރުކުރުން.  | 
| 
 ހުށަހަޅަންޖެހޭ ތަކެތި:  | 
 ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު". ށ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ. ނ. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ، އެޗް.އެސް.އެސް.ސީ، އެފް.ސީ.އީ، ސީ.އޭ.އީ، ސީ.ޕީ.އީ، ޑިގްރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓްފިކެޓުތައް). މީގެތެރެއިން "އޯ" ލެވެލް އަދި "އޭ" ލެވެލް ސެޓްފިކެޓްފިޔަވައި ހުރިހާ ސެޓްފިކެޓުތައް އެކްރެޑިޓްކޮށްފައި ހުށަހެޅުއްވުން އެދެމެވެ. ރ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ބ. ލިބިފައިވާ ސަނަދުތަކުގެ ފޮޓޯކޮޕީ. ޅ. ސްކޫލް ލީވިންގ ސެޓްފިކެޓްގެ ޕޮޓޯކޮޕީ.  | 
| 
 އިތުރު މަޢުލޫމާތު:  | 
 މި މަގާމަށް ޝަރުޠު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2024 ޑިސެންބަރު 16 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ. އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށްޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.  | 
10 ޑިސެންބަރު 2024