ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2024/97
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:09
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރު ރަމަޟާންމަހު ތަރާވީޙް ނަމާދު ކުރާނެ ދިވެހި ޙާފިޡަކު ހޯދުމާއި ގުޅޭ

އިޢުލާން

1446 ވަނަ އަހަރު ރަމަޟާންމަހު ތަރާވީޙް ނަމާދު ކުރާނެ ދިވެހި ޙާފިޡަކު ހޯދުމާއި ގުޅޭ:

ރ.އިންނަމާދޫ މަސްޖިދުލް ތަޢާވުން (ހުކުރު މިސްކިތު) ގައި 1446 ވަނަ އަހަރު ރަމަޟާންމަހު ޙިފްޘްކޮށް ތަރާވީޙްނަމާދުކުރާނެ ދިވެހި ޙާފިޡަކު ބޭނުންވެއްޖެއެވެ.

 ވީމާ، މިކަމަށް ޝަޢުގުވެރިވާ ޙާފިޡުން 2024 ޑިސެމްބަރ 18 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެކަމަށްއެދޭ ފޯމް ފުރިހަމަކޮށް މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މިކަމަށްއެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. އިތުރުމައުލޫމާތު ހޯދުމަށް މިއިދާރާގެ ނަމްބަރ 6580052 ނުވަތަ 7380052 އާއި ގުޅުއްވުން އެދެމެވެ.

އުޖޫރަ (އެލަވަންސް):

ދިވެހި ހާފިޡަކަށް އިމާމުވެ، ތަރާވީޙް ނަމާދު ކުރާ ކޮންމެ ރެއަކަށް 500 (ފަސްސަތޭކަ) ރުފިޔާގެ ރޭޓުން އުޖޫރަ ދެވޭނެއެވެ. މީގެ އިތުރުން ޙާފިޡް ރަށަށް އައުމާއި ދިއުމުގެ ޙަރަދު އަދި ހުރުމާއި ކެއުމުގެ ޙަރަދު ހަމަޖެހިފައިވާ އުސޫލުގެ މަތިން މި ކައުންސިލުން ހަމަޖައްސައިދެވޭނެ ވާހަކަ ދަންނަވަމެވެ.

 

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ޑިސެންބަރު 2024