ވަޒީފާގެ ފުރުޞަތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 15 ޖުލައި 2015 14:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަގުކޮމެޓީގެ މެންބަރު

އިޢުލާން

އަގުކޮމެޓީ އެކުލަވައިލުން:

މި ކޯޓުގެ އަގުކޮމެޓީގެ ދަފްތަރު އެކުލަވައިލަން ބޭނުންވާތީ، އަގުކޮމެޓީގެ މެންބަރުން ހޯދުމަށް ޢާއްމުކޮށް އިޢުލާނު ކުރީމެވެ.

މަޤާމް:

އަގުކޮމެޓީގެ މެންބަރު (3 އަހަރު ދުވަހުގެ މުއްދަތަށް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓާއި، ފ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތައް

ތަޢުލީމާއި ތަޖުރިބާ:

  1. ލިޔަން ކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. ލިޔަންކިޔަން ދަތުމާއެކު، މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަކެއްޗާއި ތަންތަން އަގުކުރުން.
  2. އަތޮޅުގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަކެއްޗާއި ތަންތަން އަގުކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

- މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

- އަތޮޅުގެ  ކޯޓުތަކަށް  ހުށަހެޅިފައިވާ  މައްސަލައެއް  އަގުކުރަން  ޖެހިއްޖެނަމަ،  އުޖޫރައިގެ  އިތުރުން،  ހުރުމާއި ކެއުމާއި  ދަތުރުޚަރަދު،  އެ ކޯޓަކުން  ހަމަޖައްސައިދޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް (މި ފޯމް، ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  4. މަސައްކަތު ތަޖުރިބާގެ ލިޔުން.
  5. މެންބަރުކަމަށް އެދޭ ފަރާތުގެ ވަނަވަރު (ކޯޓުން ދޫކުރާ ނަމޫނާ ފޯމުގައި ފުރިހަމަކޮށްފައި)

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

މެންބަރުކަމަށް އެދޭ ފަރާތްތަކުން، 2015 ޖުލައިމަހުގެ 15 ވަނަ ދުވަހުގެ ކޯޓު ބަންދުކުރުމުގެ ކުރިން އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ 6740067 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6740600 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

15 ރަމަޟާން 1436

02 ޖުލައި 2015