ވަޒީފާގެ ފުރުޞަތު
ނަންބަރު: 116-A30/IL/2015/40
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި: 13 ޖުލައި 2015 16:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: ޓޫލް ކީޕަރ

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞުިއިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ )/ އޮޓޯމޯބައިލް ސަޕޯޓް ސަރވިސަސް

ޝަރުޠު:

  • އޯލެވެލް 2 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.
  • އެސް.އެސް.ސީ ދިވެހިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.
  • ކޮމްޕިއުޓަރުން ފަރިތަކަމާއެކު މަސައްކަތްކުރަން އެނގުން.
  • އުމުރު: 18- 25 އަހަރާއި ދެމެދު.

މުސާރަ އާއި އިނާޔަތްތައް: މަހަކު -/9،000 އާއި -/10،000 ރުފިޔާއާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ޓޫލް ރޫމްގައި ބެހެއްޓިފައިވާ ޓޫލްތަކާއި އެހެނިހެން ތަކެތި ތަރުތީބުކޮށް ބެހެއްޓުން.
  • ޓޫލް އިންވެންޓްރީ ބަލަހައްޓައި، މުހިއްމު މަޢުލޫމާތު ފަސޭހައިން ލިބޭނޭހެން ފައިލްކޮށް ބެލެހެއްޓުން.
  • ތެޔޮ، ކޫލަންޓް އަދި ބޮލްޓްއާއި ނަޓް ފަދަ ތަކެތީގެ އެންމެ ފަހުގެ ސްޓޮކް އަދަދުތައް ބަލަހައްޓައި، އެތަކެތީން އެންމެ މަދުވެގެން ހުންނަންވާވަރަށް ސްޓޮކް ބެހެއްޓުން.
  • ކަނޑައެޅިފައިވާ ވަގުތުތަކުގައި ޓޫލްރޫމް ހުޅުވައި، އެ ޓޫލްރޫމް ބޭނުންކުރާ ފަރާތްކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އެތަނުގެ ސާފުތާހިރުކަން ބެލެހެއްޓުން.

މަޤާމު: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯރޓް (ހުޅުލެ) / އޮޓޯމޯބައިލް މެއިންޓަނަންސް ސަރވިސަސް

ޝަރުޠު:

  • އޯލެވެލް 2 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.
  • އެސް.އެސް.ސީ ދިވެހިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.
  • ކޮމްޕިއުޓަރުން ފަރިތަކަމާއެކު މަސައްކަތްކުރަން އެނގުން.
  • އުމުރު: 18- 25 އަހަރާ ދެމެދު.

މުސާރަ އާއި އިނާޔަތްތަކަށް : މަހަކު -/10،000 އާއި -/11،000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޕްރޮސެސް ހިންގާފަރާތާއި ޙަވާލުކުރެވިފައިވާ އިކުއިޕްމަންޓްތަކުގެ މަޢުލޫމާތު ބެލެހެއްޓުމާއި، އިދާރީ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ސްޓާފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި، ކަނޑައެޅިފައިވާ އުސޫލުގެ މަތީން ސްޓާފުން އިވެލުއޭޓްކޮށް، މަހުން މަހަށް ޕަރފޯމަންސް އަދި ކޮންޑިޝަން ރިޕޯޓުތައް ތައްޔާރުކުރުން.
  • އިކުއިޕްމަންޓް މެއިންޓަނަންސް ލޮގް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • މެއިންޓަނަންސް މަސައްކަތްތަކަށް ބޭނުންވާ ޓެކްނިކަލް ރިޕޯޓުތައް ތައްޔާރުކުރުން.

މަޤާމު: އެސިސްޓެންޓް އޮފިސަރ، ފެސިލިޓޭޝަން އެންޑް ސްޓޭންޑަރޑްސް

ބޭނުންވާ އަދަދު: 02  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ )/ ޓަރމިނަލް ސަރވިސަސް

ޝަރުޠު:

  • އޯލެވެލް އިނގިރޭސި ހިމަނައިގެން 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.
  • އެސް.އެސް.ސީ ދިވެހިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.
  • ކޮމްޕިއުޓަރުން ފަރިތަކަމާއެކު މަސައްކަތްކުރަން އެނގުން.
  • އުމުރު: 18 -25 އަހަރާ ދެމެދު.

މުސާރަ އާއި އިނާޔަތްތައް: މަހަކު -/10,000 އާއި -/11،000 ރުފިޔާ އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • އެޖެންސީތަކުން ދޭ ސަރވޭ ޝެޑިއުލްތަކާއި އެއްގޮތަށް މަސައްކަތުގެ ޝެޑިއުލް ތައްޔާރުކުރުން.
  • ދެވޭ ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސެކްޝަންތަކާއި އަަދި އޭޖެންސީތަކާއެކު ގަވާއިދުން ބޭއްވޭ ބައްދަލުވުންތައް ރޭވުމަށް އެހީތެރިވުން.
  • އިންޓަރވިއުކުރާ ފަރާތެއްގެ ހައިސީއްޔަތުން ކޮންޑަކްޓް އަދި ސަރވޭ ރިކުއަރމަންޓާއި އެއްގޮތަށް ފީލްޑްވޯރކް ފުރިހަމަކުރުން.
  • ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މަހުން މަހަށް، އަދި ތިންމަހުން ތިންމަހަށް ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމުގައި އެހީތެރިވެ، އޭ.އެސް.ކިއު ކޯޑިނޭޓަރަށް ޙަވާލުކުރުން.
  • ވޯރކްފީލްޑް އިންޓަރވިއުކުރުމަށް ކަނޑައެޅިފައިވާ ސްޓާފުންނަށް ބްރީފިންގ ދިނުމާއި، ތަމްރީންކުރުމުގައި އެހީތެރިވުން.
  • އެއްކުރެވޭ ޑޭޓާ ޞައްޙަތޯ ބެލުމަށްފަހު، މި ޑޭޓާ ބޭނުންކުރާ ސޮފްޓްވެއަރއަށް އެޅުމާއި، ބޭނުންކުރާ އެންމެހައި ލިޔެކިޔުންތައް ރަނގަޅަށް ބަލަހައްޓައި، އަޕްޑޭޓްކޮށް އަދި ޕްރޮސެސްކުރުން.
  • ހަފުތާއަކު އެއްފަހަރު ޑޭޓާބޭސް އަޕްޑޭޓްކުރުން

މަޤާމު: އެސިސްޓަންޓް ޕްރޮކިޔުމެންޓް އޮފިސަރ

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ ) / ޕްރޮކިއުމަންޓް އެންޑް ސްޓޯސް.  

ޝަރުޠު:

  • ޖީ.ސީ.އީ އޭ ލެވެލް ހަދާފައިވުމާއެކު އިންގްލިޝް މި މާއްދާއިން "ސީ" ގްރޭޑް އިން މަތީ ފެންވަރަކަށް ފާސްވެފައިވުން
  • އެސް.އެސް.ސީ ދިވެހިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.
  • ޕްރޮކިއުމަންޓް އަދި ޓެންޑަރގެ ދާއިރާއިން މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަތަކަށް އިސްކަން ދެވޭނެއެވެ.
  • އުމުރުން 20 - 30 އަހަރާ ދެމެދުގެ ފަރާތަކަށްވުން.

މުސާރައާއި އިނާޔަތްތަކަށް : -/10،000ރ އާއި -/11،000ރ އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އަންދާސީހިސާބާ ބެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް ސަރުކާރުގެ ގެޒެޓް އަށް ފޮނުވުން. އަދި ދުވަހު ނޫސްތަކުގައި ޖަހަން ޖެހޭ އެއްޗެއް ނަމަ އެފަރާތްތަކަށް ފޮނުވުން.
  • ކޮންޓްރެކްޓް ޑްރާފްޓްކުރުމަށް ފަހު، ލީގަލް އަށް ފޮނުވައިގެން އެ ކޮންޓްރެކްޓް ޗެކްކުރުން.
  • އަންދާސީހިސާބާ ބެހޭ ޖަލްސާތައް ރާވާ ހިންގުން.
  • އަންދާސީހިސާބާ ބެހޭ ގޮތުން ނިންމަންޖެހޭ އެންމެހާ ނިންމުންތައް ނިންމައި، ހޮވޭ ފަރާތަށް އެކަން އެންގުން.
  • މުދާ ގަންނަން ޕަރޗޭސް އޯޑަރ ތައްޔާރުކުރަންޖެހިއްޖެ ހާލަތެއްގައި އެކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސީވީ އާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާއި ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
  • 3 މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓު

ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކިސިޓީއަކުންނެވެ. އަދި ސިޓީއާއެކު ކަމާބެހޭ ލިޔުންތައް ހުށައަޅަންވާނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި: 13 ޖުލައި 2015ގެ 16:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯރޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު – 3325511 

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

19 ރަމަޟާން 1436 ހ   

06 ޖުލައި 2015