ކުއްޔަށް ދިނުން
ނަންބަރު: (IUL)357/357/2024/83
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:12
ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި ބޭނުންތަކަށް ބޭނުންކުރުމަށް ޢާންމު ސަރަޙައްދުތަކުން ބިމަށް އެދިހުށަހެޅުމަށާއި އަދި މަގުތަކާއި ޢާންމު ސަރަޙައްދުތަކުގައި ގާޑިޔާ ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

ޕްރޮޖެކްޓް: އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އުފެއްދުމާއި އުފެދިފައިވާ ވިޔަފާރިތަށް ފުޅާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

ފުރުޞަތު : ވިޔަފާރި ބޭނުންތަކަށް ބޭނުންކުރުމަށް ޢާންމު ސަރަޙައްދުތަކުން ބިމަށްއެދި ހުށަހެޅުމަށާއި އަދި މަގުތަކާއި ޢާންމު ސަރަޙައްދުތަކުގައި ގާޑިޔާ ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށްއެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު.

ހުށަހަޅުމަށްދޭ ދަޢުވަތު

ވިޔަފާރި ބޭނުންތަކަށް ބޭނުންކުރުމަށް ޢާންމު ސަރަޙައްދުތަކުން ބިމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ފެލިދެ އަތޮޅު ފުލިދޫގައި ރަޖިސްޓަރީކުރެވިގެން އެ ރަށުގައި ހިންގާ ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ވިޔަފާރިތަކަށާއި، އެވިޔަފާރިއާއި ގުޅުންހުރި އެހެނިހެން ވިޔަފާރިތަކަށް އަދި މަގުތަކާއި ޢާންމުސަރަޙައްދުތަކުގައި ގާޑިޔާ ހިންގުމަށް ޝައުޤުވެރިވާ ފެލިދެ އަތޮޅު ފުލިދޫގެ ޢާންމު ރައްޔިތުންނަށް ގާޑިޔާ ހިންގުމުގެ ހުއްދައަށްއެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވައި ލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް ޢަމަލުކުރުމަށް ދަންނަވަމެވެ.

1.ޝަރުޠު ފުރިހަމަވާ ފަރާތް:

(ހ) ވިޔަފާރި ބޭނުންތަކަށް ބިމަށް އެދި ހުށަހެޅޭނީ ފެލިދެ އަތޮޅު ފުލިދޫގައި ރަޖިސްޓަރީ ކުރެވިފައިވާ، ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ އެ ވިޔަފާރި ހިންގާ އަންނަނިވި ބާވަތްތަކުގެ ވިޔަފާރިތަކަށެވެ.

(1) ގެސްޓްހައުސްތައް؛

(2) ކެފޭ/ރެސްޓޯރަންޓްތައް؛

(3) ޑައިވް ސެންޓަރުތައް؛

(4) ވޯޓަރ ސްޕޯޓްސް ސެންޓަރުތައް؛

(5) އެކްސްކާޝަން ސެންޓަރުތައް.

 

(ށ) މަގުތަކާއި ޢާންމު ސަރަޙައްދުތަކުގައި ގާޑިޔާ ހިންގުމުގެ ހުއްދައަށްއެދި ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ފެލިދެ އަތޮޅު ފުލިދޫގެ ކޮންމެ ރަށްޔިތަކަށްވެސް ހުށަހެޅިދާނެއެވެ.

 2. ޝައުޤުވެރިވާ ފަރާތްތަކުން ޢަމަލުކުރަންވީގޮތް:

(ހ) މި އިޢުލާނުގެ 1. (ހ) ގައި ބަޔާންކުރެވިފައިވާ ވިޔަފާރިތަކުން ބިން ބޭނުންކުރުމުގެ ހުއްދައަށްއެދި ހުށަހަޅާނީ މި އިޢުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ ފޯމު 1 (ވިޔަފާރި ބޭނުމަށް ބިން ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމް) މެދުވެރިކޮށެވެ.

 

(ށ) މަގުތަކާއި ޢާންމު ސަރަޙައްދުތަކުގައި ގާޑިޔާ ހިންގުމުގެ ހުއްދައަށް އެދޭ ފަރާތްތަކުން ހުށަހަޅާނީ މި އިޢުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ ފޯމު 2 (މަގުތަކާއި ޢާންމު ސަރަޙައްދުތަކުގައި ގާޑިޔާ ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމް) މެދުވެރިކޮށެވެ.

 

(ނ) ކުރީގެ އުޞޫލެއްގެ ދަށުން ބިންދޫކުރެވި އަދި ބިން ބޭނުންކުރަމުންދާ ފަރާތްތަކުން މި އިޢުލާން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވޭ ތާރީޚުންފެށިގެން ގިންވެގެން ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ފޯމު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

 3. ފޯމު ހުށަހަޅާނެގޮތް:ފޯމު ހުށަހަޅާނީ ސިޓީއުރައިގައި ރަނގަޅަށް ބަންދުކުރުމަށްފަހުގައެވެ.

 4. ޢަމަލުކުރާ ޤަވާޢިދުތަކާއި ޢުޞޫލުތައް:

ބިން ދޫކުރުމުގައި ޢަންނަނިވި ޤަވާއިދުތަކާއި އަދި އުޞޫލުތަކުގައި ބަޔާންކުރެވިފައިވާ އިޖުރާޢުތަކާއި އެއްގޮތަށް ޢަމަލުކުރެވޭނެއެވެ.

(ހ) ގަވާއިދު ނަންބަރު: 2023/R-158 (ދަޢުލަތުގެ މާލިއްޔަތު ގަވާއިދު)؛

(ށ) ގަވާއިދު ނަންބަރު: 2018/R-69 (ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު)

(ނ) މި އިޢުލާނާއިއެކު އެއްހީރަސްކުރެވިފައިވާ ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުގެ "ފެލިދެ އަތޮޅު ފުލިދޫގައި ވިޔަފާރި ބޭނުންތަކަށް ބިން ދޫކުރުމުގެ އުޞޫލު"

(ރ) މި އިޢުލާނާއިއެކު އެއްހީރަސްކުރެވިފައިވާ ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުގެ "ފެލިދެ އަތޮޅު ފުލިދޫގައި ހަޓް ކިއޮސްކް އަދި ގާޑިޔާފަދަ ތަކެތި ތަރައްޤީކުރުމާއިގުޅޭ ގައިޑްލައިންތައް"

(ބ) މި އިޢުލާނާއިއެކު އެއްހީރަސްކުރެވިފައިވާ ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުގެ"ބިމަށްއެދި ހުށަހަޅާ ފޯމުތައް އިވަލުއޭޓް ކުރާނޭ ގޮތުގެ މަޢުލޫމާތު ކަރުދާސް"

 5. މުއްދަތު އަދި މުއްދަތު އިތުރުކުރުން: މި އިޢުލާނާއި ގުޅިގެން ދޫކުރާ ކޮންމެ ބިމެއްވެސް ދޫކުރެވޭނީ މީލާދީ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ.ބިން ބޭނުންކުރުމުގެ މުއްދަތު އިތުރުކުރުމަށް އެދޭ ފަރާތްތަކަށް، ކޮންމެ ފަހަރަކު 1 (އެކެއް) އަހަރުދުވަހަށް މުއްދަތު އިތުރުކުރާގޮތަށް ޖެހިޖެހިގެން 4 (ހަތަރެއް) ފަހަރަށް މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅިދާނެއެވެ.

 6. ބިން ދޫކުރެވޭ ސަރަޙައްދުތަކާއި ބިމުގެ ބޮޑުމިން: ބިން ދޫކުރެވޭނޭ ސަރަޙައްދުތައް މި އިޢުލާނާއިއެކު އެއްހީރަސްކުރެވިފައިވާ ޗާޓް ގައި ބަޔާންކުރެވިފައިވާނެއެވެ. މި ޗާޓްގައި K އަކުރުން ފާހަގަކޮށްފައިވާ ބިންތައް ދޫކުރެވޭނީ ޢާންމު ސަރަޙައްދުތަކުގައި ގާޑިޔާ ހިންގުމުގެ ހުއްދައަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށެވެ. މި ޗާޓްގައި “watersports” ގެ ގޮތުގައި ފާހަގަކުރެވިފައިވާ ސަރަޙައްދަކީ ވޯޓަރ ސްޕޯޓްސް ވިޔަފާރި ހިންގާ ފަރާތްތަކަށް ޚާއްޞަކުރެވިފައިވާ ބިންތަކެކެވެ.

ބިމުގެ ބޮޑުމިން: ވަކިވަކި ވިޔަފާރިތަކަށާއި އަދި އެކި ބާވަތްތަކުގެ ގާޑިޔާތަކށް ދޫކުރެވޭނޭ ބިމުގެ ބޮޑުމިން މި އިޢުލާނާއިއެކު އެއްހީރަސްކުރެވިފައިވާ ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުގެ "ފެލިދެ އަތޮޅު ފުލިދޫގައި ވިޔަފާރި ބޭނުންތަކަށް ބިންދޫކުރުމުގެ އުޞޫލު" ގެ 12 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާނެއެވެ.

 7. އެއްފަރާތަށްވުރެ ގިނަ ފަރާތްތަކުން އެއްބިމަށް އެދި ހުށަހަޅައިފިނަމަ ބިންދޫކުރާނެ ފަރާތް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތް : ބިން ދޫކުރާނެ ފަރާތް ހޮވުމުގައި ޢަމަލުކުރާނީ "ފެލިދެ އަތޮޅު ފުލިދޫގައި ވިޔަފާރި ބޭނުންތަކަށް ބިންދޫކުރުމުގެ އުޞޫލު" ގެ 11 ވަނަ މާއްދާއާއި އަދި އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މި އިޢުލާނާއިއެކު އެއްހީރަސްކުރެވިފައިވާ "ބިމަށްއެދި ހުށަހަޅާ ފޯމުތައް އިވަލުއޭޓް ކުރާނޭ ގޮތުގެ މަޢުލޫމާތު ކަރުދާސް" އާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 8.މަޢުލޫމާތު ސާފުކުރުން: ޝައުޤުވެރިވާ  ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އާއި 2:00 ދެމެދު ގުޅުއްވާނީ ތިރީގައި ބަޔާންކުރެވިފައިވާ އެޑްރެހަށެވެ :

ސަމާލުކަމަށް: އިބްރާހިމް ޝަރީފް، އ.ކައުންސިލް އެގްޒެކެޓިވް

އެޑްރެސް: ފެލިދެ އަތޮޅު ފުލިދޫ ކައުންސިލް/ގްރައުންޑް ފްލޯރ/ސޯސަންމަގު

އަތޮޅާއި ރަށް: ވ.ފުލިދޫ

ޒިޕް ކޯޑް:10010

ޤައުމު: ދިވެހިރާއްޖެ

ފޯނު ނަމްބަރު:9606706529+

އީމެއިލް: [email protected]

 9.  ފޯމް ދޫކުރުން: ފޯމު މި ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ފޯމުވާނީ މި އިޢުލާނާއިއެކު އެއްހީރަސް ކުރެވިފައެވެ. އަދި އެދޭ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިންވެސް ފޮނުވައިދެވޭނެއެވެ.

ނޯޓް:ފޯމުތަކުގެ ނަންބަރުތަކަކީ ކައުންސިލުން ޖަހާ ނަންބަރުތަކެއްކަމުން އެބައި ފުރިހަމަ ނުކޮށް ބައިންދާށެވެ.

 

10. ފޯމް ހުށަހެޅުން:ފޯމް ހުށަހަޅާނީ މަތީގައިވާ(8. ގައި ބަޔާންކޮށްފައިވާ) އެޑްރެހަށެވެ.

10 ޑިސެންބަރު 2024