މުބާރާތް
ނަންބަރު: ‭‭(IUL)MMPRC-HR/MMPRC/2024/35
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 15 ޑިސެންބަރު 2024 18:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ރާއްޖޭގެ އެކި ޞަރަޙައްދުތަކަށް ބަހާލައިގެން 10 ލޭންޑްމާކް ފަރުމާ ކުރުމުގެ މުބާރާތް

                                              އިޢުލާން ނަންބަރު: ‭‭(IUL)MMPRC-HR/MMPRC/2024/35 

 

ރާއްޖޭގެ އެކި ޞަރަޙައްދުތަކަށް ބަހާލައިގެން 10 ލޭންޑްމާކް ފަރުމާ ކުރުމުގެ މުބާރާތް

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކޮށް ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި ބެހެއްޓުމަށް ޓަކައި ތައްޔާރުކުރެވޭ ލޭންޑްމާކް ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު 18 އަހަރުން މަތީ ކޮންމެ ދިވެހި ރައްޔިތަކަށް ހުޅުވާލެވިފައިވެއެވެ.

މި މުބާރާތުން އެންމެ މަތިން ހޮވޭ 10 ފަރުމާއަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމަކާއި ސްޕޮންސަރ ކުރާ ފަރާތްތަކުގެ ގިފްޓް ޕެކޭޖެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ޤަވާޢިދު މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. މުބާރާތުގައި ބައިވެރި ވުމަށް ޢަމަލުކުރާނެ ގޮތާއި ސުންގަޑި މި ޤަވާޢިދުގައި ހިމަނާފައިވާނެއެވެ.

10 ޑިސެންބަރު 2024