ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަހައްދު ސާފުކުރުމާއި ބެހޭ
މިހާރު ސާފުކުރަމުންދާ އިޖްތިމާޢީ ސަރަހައްދުގެ ގޮޅިތައް މި ހިނގާ 2024 ޑިސެމްބަރ މަހުގެ ނިޔަލަށްވަނީ ބާތިލްކުރެވިފައެވެ. މިހެންކަމުން 2024 ޑިސެންބަރު 29 ވަނަ ދުވަހުގެކުރިން ގޮޅިތައް ސާފުކުރުމަށް ދަންނަވަމެވެ. ވުމާއެކު 2025 ވަނަ އަހަރަށް އިޖުތިމާޢީ ސަރަހައްދު ގޮޅިތަށް ސާފުކޮށް ބަލަހައްޓާނެ ފަރާތްތަކެއް ހޯދުމަށްވަނީ ބޭނުންވެފައެވެ. މިގޮތުން ގޮޅި ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ސިޓީ ފޮނުވުން އެދެމެވެ.
ޝަރުތު:
- 65 އަހަރުން މަތީގެ މީހަކުކަމުގައި ނުވުން
- ސަރުކާރުގެ މުވައްޒަފެއް ކަމުގައި ނުވުން
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ މީހެއްކަމުގައިވުން
- އަމިއްލަނަމުގައި ބޭންކު އެކައުންޓެއް އޮތް މީހަކު ކަމުގައިވުން
ގޮޅިތަށް ދޫކުރަން ހަމަޖެހިފައިވަނީ ޝަޢުޤުވެރިކަންފާޅުކުރައްވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ. އަދި ގުރުއަތުން ދިމާވާގޮޅި ބަދަލުކުރަން ބޭނުންނަމަ ދެފަރާތްއެއްބަސްވެ އެކަން ހުށަހެޅުމުން ބަދަލުކޮށްދެވޭނެއެވެ. މިގޮތަށް ބަދަލުކުރެވޭނީ ގުރުއަތުލުން އޮންނަ ދުވަހުއެވެ.
މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 19 ޑިސެންބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމަށް އެދި ފޮނުވާ ސިޓީ އުރާގެ ބޭރުގައި " އިޖުތިމާޢީ ސަރަހައްދު ސާފުކުރުމަށްއެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.