މުބާރާތް
ނަންބަރު: (IUL)328-ED/328/2024/169
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 16:35
ސުންގަޑި: 12 ޑިސެންބަރު 2024 13:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮއި ކުރެންދޫ މަސްރޭސް 2024

           މިއިދާރާގެ ފަރާތުން "ލޮއި ކުރެންދޫ މަސްރޭސް 2024" ގެ ނަމުގައި މިހިގާ ޑިސެންބަރު މަހުގެ  13ވާ ހުކުރު ދުވަހު މަސްރޭހެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ މިއަހަރުގެ މަސްވެރިންގެ ދުވަހާއި ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުވައިލެވިފައިވާ  މުބާރާތެކެވެ.

 

މުބާރާތުގެ ވަނަތައް

މުބާރާތުގެ ވަނަތައް ހޮވާނީ އެންމެ ގިނަ މާރކްސް ލިބޭ ތަރުތީބުންނެވެ.  

އެއްވަނަ ހޯދާ ޓީމަށް 7,000/- ރުފިޔާ

ދެވަނަ ހޯދާ ޓީމަށް 5,000/- ރުފިޔާ     

ތިންވަނަ ހޯދާ ޓީމަށް 3,000/- ރުފިޔާ

 

            މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު 12 ޑިސެންބަރު 2024ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް އަދި ޤަވާއިދު ގެޒެޓް ލިންކުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، ޔޫތު އެސޯސިއޭޓް، އަލްފާޟިލް އަޙްމަދު ޢަބްދުﷲ، 7908642 ނަމްބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

09 ޑިސެންބަރު 2024