ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 28-PM-1/1/2015/84
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި:
19 އޮގަސްޓް 2015 00:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
އިޢުލާން
ސިފައިންގެ ވަޒީފާގެ ފުރުޞަތު
ދާއިރާތައް:
- މިލިޓަރީ ޕޮލިސް
- މެޑިކަލް ސަރވިސް
- ކޯރ އޮފް އިންޖިނިއަރސް
- ސަޕޯރޓް ސަރވިސް
- ކޯސްޓްގާރޑް
- މެރިންކޯރ
- ސްޕެޝަލް ފޯސަސް
- ފަޔަރ އެންޑް ރެސްކިއު ސަރވިސް
- ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް
ފެންވަރު ނުވަތަ ޝަރުޠު:
- ދިވެހި ރައްޔިތެއް ކަމުގައިވުން.
- ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން.
- އުމުރުން 18 އަހަރު ފުރި 28 އަހަރު ނުފުރޭ މީހަކު ކަމުގައި ވުން.
- ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން.
- ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން.
- އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި).
- ސަރުކާރުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކުން ވީއްލުމުގެ ޕްރޮގްރާމުގެ ދަށުން ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުވުން.
- އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން.
ނޯޓް:
- ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މަތީގައި ބަޔާން ކުރެވިފައިވާ ޝަރުޠުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއުތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، އަދި ދުވުން)، ސްވިމިންގ އަދި އެޕްޓިޓިއުޓް ޓެސްޓުން އެ މީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެއެވެ.
- މިއިޢުލާނުގެ ބޭނުމަށް އުމުރު ފުރާ ބަލާ ތާރީޚަކީ 19 އޯގަސްޓް 2015 އެވެ.
- ސިފައިންގެ ވަޒީފާއަށް އެދޭ ފޯމާއި ކުށުގެ ރިކޯޑު ފޯމު ރަސްމީގަޑީގައި މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓުން މި ފޯމުތައް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
- ވަޒީފާ އަށް އެދޭ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 2015 ޖުލައި 9 ވަނަ ދުވަހުން ފެށިގެން 2015 އޯގަސްޓް 13 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން.
- ވަޒީފާ އަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2015 ޖުލައި 20 ވަނަ ދުވަހުން ފެށިގެން 19 އޯގަސްޓް 2015 ވާ ބުދަ ދުވަހުގެއޮފީސް ބަންދުވުމުގެ ކުރިން.
- ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާއިރު ކުށުގެ ރެކޯޑް ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހަޅުއްވާއިރު މި މިނިސްޓްރީގެ ކައުންޓަރުން އިންޓަވިއު އަށް ހާޒިރުވުމަށް އަންގާ ސްލިޕް ގެންދަވަން ވާނެއެވެ.
އިތުރު މަޢުލޫމާތު: 3322607 އެކްސްޓެންޝަން: 3153، 3440 އިން އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓް www.mndf.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
19 ރަމަޟާން 1436
06 ޖުލައި 2015