ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)269/269/2024/87
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 16 ޑިސެންބަރު 2024 12:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކްސްކަވޭޓަރެއް ހޯދުމަށް

އިޢުލާން

ހދ.ވައިކަރަދޫ ކައުންސިލަށް އެކްސްކަވޭޓަރެއް ގަތުމާ ގުޅޭ

 

ހދ. ވައިކަރަދޫގެ ކުނި މެނޭޖްކޮށް ބެލެހެއްޓޫމުގެ މަސައްކަތް ކުރުމަށް މިކައުންސިލަށް އެކްސްކަވޭޓަރެއް ގަތުމަށް ބޭނުންވެއެވެ. ވީމާ މި މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އެކްސްކަވޭޓަރެއް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން 17 ޑިސެމްބަރ 2024 ގެ 12:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.ރަޖިސްޓްރީކުރާ ފަރާތްތަކަށް ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މި ބީލަމާ ގުޅޭ މަޢުލޫމާތުތައް ބިޑް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. މި ބީލަމާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 24 ޑިސެމްބަރ 2024 ދުވަހުގެ 11:00 ގައި ވައިކަރަދޫ ކައުންސިލް އިދާރާގައެވެ.

ބީލަން ފޮތުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:  https://forms.office.com/r/rvGuADDTAX

  • ފޯމް ލިބުނުކަން ކަށަވަރު ކުރުމަށްޓަކައި ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6520046 ފޯނާ ގުޅުއްވާ ޔަގީން ކުރަންވަން ވާނެއެވެ.

ފޯން: 6520046

އީމެއިލް: [email protected]

 

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖުމާދަލްއާޚިރާ 1446ހ.

09 ޑިސެމްބަރ 2024މ.

09 ޑިސެންބަރު 2024