ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2024-65
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 16 ޑިސެންބަރު 2024 16:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ސެކިއުރިޓީ ގާޑް- ލ.ގަން)

މިކޯޕަރޭޝަންގެ ލ.ގަން ޕްރޮޖެކްޓް ސައިޓުގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

ސެކިއުރިޓީ ގާޑް

ބޭނުންވާ އަދަދު:

02 (ދޭއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

ސަޕޯޓް ސާވިސް - ގްރޭޑް 5

އަސާސީ މުސާރަ:

މަހަކު 3500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

-  އެހެނިހެން އެލަވަންސް :4500.00 ރުފިޔާ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ލ.ގަން ޕްރޮޖެކްޓް ސައިޓު

ފެންވަރު ނުވަތަ ޝަރުތު:

- އަސާސީ ތަޢުލީމް ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޕްރޮޖެކްޓަށް ހޯދޭ ތަކެއްޗާއި ޕްރޮޖެކްޓް ސައިޓްގެ ސެކިއުރިޓީ ބެލެހެއްޓުން.

ސުންގަޑި:

- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 16 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

-  ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޑިސެމްބަރ / ޖަނަވަރީ މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                   07 ޖުމާދަލްއާޚިރާ 1446
09 ޑިސެންބަރު 2024