ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)353/353/2024/114
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 10:10
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގު ބަންދުކުރުމަށް ފީ ނެގުމާގުޅޭ

     

އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ

ދިގުރަށް، ދިވެހިރާއްޖެ

 ނަންބަރު: 353/353/2024/114(IUL)                                                                                          

އިޢުލާން

މަގު ބަންދުކުރުމަށް ފީ ނެގުމާގުޅޭ

        މިރަށުގެ މަގުތަކާއި، ގޯޅިތައް ކޮނެގެން ކުރަންޖެހޭ މަސައްކަތްކުރުމާއި، އުމްރާނީ އަދި ސިނާޢީ މަސައްކަތްތަކަށް ވަގުތީ ގޮތުން މަގުބަންދުކުރުމާއި އަދި މަގުގެ 1 ފަޅި ބަންދުކޮށްގެން ކުރާ މަސައްކަތްތަތަކަށް އަގު ނެގުމަށް ކައުންސިލްގެ 4 ވަނަ ދައުރުގެ 118 ވަނަ ޢާންމު ޖަލްސާއިންވަނީ ނިންމާފައެވެ. އަދި މިފަދަ މަސައްކަތްތަކަށް ހުއްދަ ދޫކުރެވޭނީ ކައުންސިލުން ދޫކުރާ ޚިދުމަތަށް އެދޭފޯމް ހުށަހަޅައިގެން ހުއްދަ ލިބުމުން ކަމުގައި ދަންނަވަމެވެ. މިފޯމް ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެ ކަމުގައި ދަންނަވަމެވެ.

މަގު ބަންދުކުރުމަށް ނަގާ އަގުތައް:

ޢުމްރާނީ އަދި ސިނާޢީ މަސައްކަތްތަކަށް ވަގުތީގޮތުން މަގު ބަންދު ކުރުން

ފުރަތަމަ 6 ގަޑިއިރަށް

(ގަޑިއަކަށް 150 ރުފިޔާ އަދި އިތުރުވާ ކޮންމެ ގަޑިއަކަށް 75 ރުފިޔާ)

ވަގުތީގޮތުން މަގުގެ 1 ފަޅި ބަންދުކުރުން

ފުރަތަމަ 6 ގަޑިއިރަށް

(ގަޑިއަކަށް 75 ރުފިޔާ އަދި އިތުރުވާ ކޮންމެ ގަޑިއަކަށް 35 ރުފިޔާ)

         ވީމާ، 01 ޑިސެމްބަރު 2024 ވާ އާދިއްތަ ދުވަހުން ފެށިގެން މި ޚިދުމަތްތަކަށް އަގު ނަގަންފެށޭނެ ކަމުގައި ޢާންމުކޮށް އަންގާ އިއުލާންކުރަމެވެ.

 

                              

                                                 އިބްރާހީމް ޢުޘްމާން

                                                 ކައުންސިލްގެ ރައީސް

09 ޑިސެންބަރު 2024