ދިވެހިރާއްޖެ
އެޑްވާންސްޑް ލެވެލް ބޯޑް ވާރކްސް ކިޓް ހޯދުމަށް ބޭނުންވެއްޖެ
އެޑްވާންސްޑް ލެވެލް ފިޒިކްސް، ކެމިސްޓްރީ އަދި ބައޮލޮޖީ ބޯޑް ވާރކްސް ކިޓް ގަތުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި ތަކެތި ވިއްކެއުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
15 ޖުލައި 2015 (ބުދަ) ދުވަހުގެ 12:00 އަށް |
22 ޖުލައި 2015 (ބުދަ) ދުވަހުގެ12:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.
20 ރަމަޟާން 1436