ދިވެހިރާއްޖެ
އުތުރު އަވަށުގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ މަގުގައިހުރި ރުއްގަހުގެ ވެރިފަރާތްތަށް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު:(IUL)267-CB/267/2024/62(18 ސެޕްޓެމްބަރ 2024) އިއުލާނާއި ގުޅިގެން ރުއްގަހުގެ މަޢުލޫމާތު ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓް މި އިއުލާނާއެކު އާންމުކުރީމެވެ.
ވީމާ، އާންމު ކުރެވިފައިވާ ލިސްޓާއިގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ 11 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.
އަދި ދަނަންނަވަމެ، މިސަރަޙައްދުގައި އިންދާފައިވާ ފަތް ކެޔޮގަސް ތަކާއި ކުދި ރުއްތައް އެރުއްތަކުގެ ވެރިފަރާތުން މި އިއުލާން އާންމުކުރާތާ 7 ހަތްދުވަހުގެ ތެރޭގައި ނެގުމަށް ދަންނަވަމެވެ. މި ބާވާތުގެ ރުއްގަހަށް އެއްވެސް ބަދަލެއް ދިނުމަށް ހަމަޖެހިފައި ނުވެއެވެ. އަދި މީގެ އިތުރުން ބަދަލު ދިނުމަށް ހަމަޖެހިފައިވާ ރުއްގަހުގެ ވެރިން މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ރުއްގަހުގެ ލިސްޓް ބެލުމަަށްފަހު އެއްވެސް ޝަކުވާއެއް ވާނަމަ މަތީގައި ދެންނެވިފައިވާ ސުންގަނޑީގެ ކުރިން މި ކައުންސިލަށް ލިޔުމަކުން އެންގެވުން އެދެމެވެ.
މިއިޢުލާނުގެ މުއްދަތުހަމަވާއިރު އެއްވެސް ޝަކުވާއެއް ހުށަހަޅުވާފައި ނުވާނަމަ އާންމުކުރެވިފައިވާ ލިސްޓާ އެއްގޮތަށް ބަދަލުގެ ކަންތައް ނިންމާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުނުވެ އެސަރަހައްދުގައި ރުއްގަސްހުރިނަމަ އެތަކެތިވެސް ހިމެނޭގޮތަށް ވެރިއަކު ނެތް ރުއްގަސް ކަމަށް ބަލައި އެތަކެތި ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިގޮތަށް ކަނޑާލެވޭ ރުއްގަހަށް ފަހުން ބަދަލު ހޯދުމަށް އެދިއްޖެނަމަ އެފަރާތަކަށް ބަދަލުދެވޭނީ ޝަރުޢީކޯޓަށް ހުށަހަޅައި ކޯޓުން އެމައްސަލައެއް ނިންމާގޮތެއްގެ މަތީންނެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.